ދަރަވަންދޫ ބޮޑު މިސްކިތް މަރާމާތަށްފަހު، ރޯދައަށް ހުޅުވަނީ

14643407845269

ދަރަވަންދޫ ބޮޑު މިސްކިތުގެ އާބާތުރަ ފިލުވާ ރަމަޟާންމަހުގެ ކުރިން މިސްކިތް ހުޅުވާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް ހުސައިން ނާޒިމް ވިދާޅުވީ ރަމަޟާންމަހަށް ޚާއްސަކޮށް އެ ރަށުގެ ދެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ހުސައިން ނާޒިމު ވިދާޅުވި ގޮތުގައި ދަރަވަންދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެރަށުގައި ފަތުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ.

“އެގޮތުން މިހާރު ކުރިއަށްދަނީ ބޮޑު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް. ކުޑަ މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތްކޮށް މިހާރު ވަނީ ނިމިފައި،”

ދަރަވަންދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާއިރު މި ދެ މިސްކިތުގައިވެސް އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމްތައް ދަރަވަންދޫ ކައުންސިލުންވަނީ ހަމަޖައްސައިދީފަ އެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ އިތުރުން މީހުން ވަޅުލުމުގެ ކަންކަން ރަނގަޅުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ބ. ދަރަވަންދޫ ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.