ބ. އޭދަފުށީ ހިއްކި ސަރަހައްދުގައި ބޮޑު ހިލަ ޖަހައި ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި އޭދަފުށީގެ ހިއްކި ސަރަހައްދު ވަށައިގެން 2000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ.
އޭދަފުށީ ކައުންސިލްގެ މެމްބަރު މުހައްމަދު ރިޒާ މިއަދު ވިދާޅުވީ ޕްލޭން ކޮށްފައި އޮތް ގޮތުން މިވަގުތަށް ބޮޑު ހިލަ ޖެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ބޮޑުހިލަ ޖަހައި ނިމިފައިވާ ކަމަށެވެ.
އޭދަފުށީ ހިއްކި ސަރަހައްދު ވަށައިގެން ބޮޑު ހިލަ ޖަހާފައިވަނީ ރަށުގެ ހުޅަނގު ފަރާތުން ބައެއް ދޫކޮށްލާފައި އެވެ. އެ ސަރަހައްދުން ރަށުގެ ހުޅަނގު ކޮޅުގައި ވަގުތީ ގޮތުން ދޯނި އެހެލާނެ ސަރަހައްދެއް ކައުންސިލުން މިހާރުވަނީ ހަދައިދީފަ އެވެ.
yameen 2018