ފެންސްތައް ހަލާކުވެ، ޝަކުވާތައް އިތުރުވެފައި

އޭދަފުށީ ފުތްސަލް ދަނޑު-- ދަނޑުގެ ގޯލު ފުރަގަހުގަިއހުރި ފެންސްތައްވަނީ ވަރަށްބޮޑަށް ހަލާކުވެފައި-- ފޮޓޯ / ރާއިފް ޔުސުފް
އޭދަފުށީ ފުޓްސަލް ދަނޑު– ދަނޑުގެ ގޯލު ފުރަގަހުގަިއހުރި ފެންސްތައްވަނީ ވަރަށްބޮޑަށް ހަލާކުވެފައި– ފޮޓޯ / ރާއިފް ޔުސުފް

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބ. އޭދަފުށީގައި އެޅި ފުޓްސަލް ދަނޑުގެ ފެންސާއި ބެންޗް ހަލާކުވެ ކުޅުންތެރިން ޝަކުވާ ކުރަންފަށައިފި އެވެ.

މިދިޔަ އަހަރު ހުޅުވި ފުޓްސަލް ދަނޑުގެ ގޯލް ފުރަގަހުގައި ޖަހާފައި ހުރި ފެންސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ދަނޑުގައި ހުރި ބެންޗް މަތީގައި ހިޔާވާން އޮންނަ ޕްލާސްޓިކް ޝީޓްވެސް ވަނީ ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއްވެެއްޖެ އެވެ.

“ގޯލާ ދިމާއަށް ބޯޅައެށް ޖަހާފިއްޔާ، ބޯޅަ ބަލާދާން މި ޖެހެނި ދަނޑުން ބޭރަށް، ވިއްސާރައިން ހިޔާވާން އިން ބެންޗްވެސް އެހުރީ ހަލާކުވެފަ، މިހާރު ގިނަ ރޭ ރޭ ބައެއް ލައިޓްތައްވެސް ނުދިއްލޭ،” މިދިޔަ ހަފްތާގައި ފުޓްބޯޅަ ކުޅެން ގޮސް ހުރި ޒުވާނަކު ހިތްހަމަނުޖެހި ހުރެ ބުންޏެވެ.

އޭދަފުށީ ފުޓްސަލް ދަނޑު-- ފޮޓޯ / ރާއިފް ޔުސުފް
އޭދަފުށީ ފުޓްސަލް ދަނޑު– ފޮޓޯ / ރާއިފް ޔުސުފް

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ މި ދަނޑު ބެލެހެއްޓުމަށް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އޭދަފުށި ކައުންސިލާއެވެ .

އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ، ފުޓްސަލް ދަނޑުގަ ޖަހާފަހުރި ފެންސްތައް ވަރަށްބޮޑަށް ހަލާކުވެފައިވާތީ އާއި ބައެއް ކަހަލަ މަރާމާތުތައް ހުރުމާއެކު އެކަންކަން ކުރެވޭނެ ކަމުގެ އަލިމަގެއް މިހާރު ފެނިފައިވާ ކަމަށެވެ.

“ދަނޑުގެ މަރާމާތަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދޭނެ ބަޔަކު ހޯދުމަށް މި ހަފްތާތެރޭ ގެޒެޓް ކުރާނެ،”


ނައުރީފް ވިދާޅުވީ ދަނޑު ބޭނުންކުރާ ފަރާތްތަކުން ދަނޑު ބޭނުންކުރުމަށް ހަދާފައިފައިވާ ގަވައިދުތަކާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ ކައުންސިލުގެ ވަރަށްބޮޑު އެދުމެއް އެދުމެކެވެ. އެގޮތުން ދަނޑު ބޭނުންކުރާ ފަރާތަތަކުން އެތަނަށް ކުނި ނޭޅުމަށާއި ތަކެއްޗަށް ގެއްލުންވާގޮތަށް އަމަލުތައް ނުބެހެއްޓުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. މުޙައްމަދު ރިޒާ

    ފުޓްސަލް ދަނޑު ބެލެހެއްޓުމަކީ ޔޫތު ސެންޓަރުން ކުރާ ކަމެއް. ކައުންސިލަށް ދަނޑުގައި އެއްވެސް ކަމެއް ކުރެވެނީ މިނިސްޓްރީގެ ހުއްދަ ލިބިގެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.