ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުގެ އެއާލައިން “ފްލައި މީ” ގެ ސޭލްސް އެޖެންޓް އޮފީހެއް ބ. އޭދަފުށީގައި މިއަދު ހުޅުވައިފި އެވެ.
އޭދަފުށީ ސްޓޯން ފިހާރައިގެ އިރުން، ކުރިން އީ-ޕާކް ފިހާރަ ހިންގި ތަނުގައި މިއަދު ހުޅުވި ފްލައި މީގެ ސޭލްސް އެޖެންޓް އޮފީހުން އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ހުރިހާ މަންޒިލަކަށްވެސް ޓިކެޓް ނެގޭނެ ކަމަށް އެތަނުން ބުނެއެވެ.
މި އޮފީހުގެ ސަބަބުން ފްލައި މީ ގެ ޓިކެޓު ހޯދުމަށް ކަސްޓަމަރުންނަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެފަރާތުން ބުންޏެވެ.
ފްލައި މީ ގެ އޭދަފުށީ ސޭލްސް އެޖެންޓް ހޮޓްލައިން ނަންބަރަކީ 9589694 އެވެ.