ބ. އަތޮޅު ފެރީގެ ހިދުމަތް އެމްޓީސީސީން ޖުލައިމަހު ފަށަނީ

ބ. އަތޮޅު ފެރީ، އަންނަ މަހުން ފެށިގެން އަތޮޅ ު ފެރީގެ ހިދުމަތް މިއަތޮޅުގައިދޭނީ އެމްޓީސީސީ އިން-- ފައިލް ފޮޓޯ
ބ. އަތޮޅު ފެރީ، އަންނަ މަހުން ފެށިގެން އަތޮޅ ު ފެރީގެ ހިދުމަތް މިއަތޮޅުގައިދޭނީ އެމްޓީސީސީ އިން– ފައިލް ފޮޓޯ

ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނި، އެމްޓީސީސީއިން ރާއްޖޭގައި ދެމުން ގެންދާ ފެރީގެ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅުގެ ފެރީގެ ހިދުމަތްވެސް އަންނަ ޖުލައިމަހުތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަތޮޅު ފެރީގެ ޚިދުމަތް މިއަތޮޅުގައި މިހާރުދެމުން ގެންދަނީ އަތޮޅު ކައުންސިލުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އަންނަ ޖުލައި މަހުންފެށިގެން މިއަތޮޅު ތެރޭގައި ފެރީގެ ޚިދުމަތްދޭނީ އެމްޓީސީސީން ނެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު އީޓީ އަށް ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ފެރީގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާތީ، ބ. އަތޮޅާއެކު ނ. ރ. ޅ. ހިމެނޭ ޒޯނަށް ޖުމްލަ 19 ފެރީ ހޯދަން މިހާރު އިއުލާން ކޮށްފައިވާނެ އެވެ.

“މިއީ އަޅުގަނޑުމެން އަންނަ މަހު ފެރީގެ ޚިދުމަތް ފެށުމުގެ ގޮތުން ހޯދާ ފެރީތަކެއް، ޖުލައި މަހުން ފެށިގެން ބ. އަތޮޅުގައިވެސް އަތޮޅު ތެރޭގެ ފެރީގެ ހިދުމަތް ދެމުންގެންދާނީ އެމްޓީސީސީ އިން،”

އެމްޓީސީސީން ބުނި ގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އެމްޓީސީސީ ހެޑްއޮފީހުގެ ހަތްވަނަ ފަންގިފިލާގައި އޮންނާނެ އެވެ.

ބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އަންދާސީހިސާބު ހުށަހެޅުމަށާއި އަންދާސީހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.