މޯލްޑިވްސް ރިސޯޓް ފުޓްސަލް ލީގުގެ ޗެންޕިއަންކަން ސޮނެވާފުށި ހޯދައިފި

ދިރާގު މޯލްޑީވްސް ފުޓްސަލް ލީގްގެ ޗެންޕިއަން ޓީމް ސޮނެވާފުށީ ތަށި އުފުލާލަނީ| އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ދިރާގު މޯލްޑީވްސް ފުޓްސަލް ލީގްގެ ޗެންޕިއަން ޓީމް ސޮނެވާފުށީ ތަށި އުފުލާލަނީ| އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ދިރާގު މޯލްޑިވްސް ފުޓްސަލް ލީގުގެ ބާ ޒޯންގެ ޗެންޕިއަންކަން އަނަންތަރާ ބަލިކޮށް ސޮނެވާފުށި ހޯދައިފިއެވެ. މި މުބާރާތް މިދިޔަ އަހަރު ވެސް ކާމިޔާބު ކޮށްފައިވަނީ ސޮނެވާފުށި ރިސޯޓްއެވެ.

މިއަދު ހަވީރު ސޮނެވާފުށި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް ސޮނެވާފުށި ކާމިޔާބު ކުރީ 4-6 ގެ ނަތީޖާއަކުންނެވެ.

ސޮނޭވާ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ އަނަންތަރާ އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވާޒިއުއެވެ. މި ލަނޑު އަނަންތަރާ އިން ކާމިޔާބުކުރީ ސޮނޭވާ އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގަ އެވެ.

އެހެން ނަމަވެސް ސޮނޭވާ އިން ވަނީ ވާޒިއު ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު އެޓީމަށް އަޒްމީން އަބްދުލް ސައްތާރު ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއްފަހުން ސޮނޭވާގެ މުހައްމަދު ޝިއާމް ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފަ އެވެ.

މެޗުގައި އަނަންތަރާއިން ސޮނޭވާގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް އުފެއްދި ނަމަވެސް ސޮނޭވާ އިން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުންކޮށް ގިނަ ލަނޑުތަކެއް ޖަހާފަ އެވެ.

އެގޮތުން އެޓީމުގެ އަޒްމީން އަބްދުލް ސައްތާރު މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު ޝިއާމް ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެއިތުރުން އަނަންތަރާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި އަބްދުﷲ ވާޒިއު އާއި އަހުމަދު އަޝްރަފް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަނަންތަރާ ޓީމުގެ އަބްދުﷲ ވާޒިއުއެވެ. އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.