ފެހެންދޫ ރޯދަ ހަދިޔާ: ކޭބަލް ޓީވީ ހިލޭ

ބ. ފެހެންދޫ، ފޮޓޯ | ފާތުމަތު ޒުހުދާ
ބ. ފެހެންދޫ، ފޮޓޯ | ފާތުމަތު ޒުހުދާ

ބ. ފެހެންދޫ އިން؛ ފާތުމަތު ޒުހުދާ

ކުރިއަށް އޮތް ރޯދަ މަހު ރޯދަ ހަދިޔާގެ ގޮތުގައި ބ. ފެހެންދޫ ރައްޔިތުންނަށް ކޭބަލް ޓީވީގެ ހިދުމަތް ހިލޭ، ކައުންސިލުން ދޭން ނިންމައިފި އެވެ.

އެރަށު ކައުންސިލުން ބުނިގޮތުގައި މިއީ ބަރަކާތްތެރި ރޯދަމަހާ ގުޅުވައިގެން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ މަގުސަދުގައި ކައުންސިލުން ރައްޔިތުންނަށް ދޭ ހަދިޔާ އެކެވެ.

“މިކަމުގެ ސަބަބުން އުފާވެރިކަމާއި، ހިތްހަމެޖެހުން، އިތުރުވެގެންދާނެ،”

ކައުންސިލުން ބުނި ގޮތުގައި ރޯދަމަހަކީ ޚަރަދުތައް ބޮޑު މަހަކަށްވެފައި، މިފަދަ ހިދުމަތެއް ހިލޭ ކޮށްދެއްވުމަކީ ރައްޔިތުން ކުރާ ޚަރަދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފެހެންދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީ ގުޅިގެން އެރަށު ރައްޔިތުންނަށް ވަނީ މާހެފުމެއްވެސް ބާއްވައިފަ އެވެ.

ފެހެންދޫއަކީ ކުޑަ އާބާދީ މަދު ރަށެކެވެ. އާބާދީގައި 89 މީހުން ދިރިއުޅޭ ފެހެންދޫގައި 40 ވަރަކަށް ގެ ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.