ދިރާގު ރޯދަ ހަދިޔާ: މިފަހަރުވެސް ބޮޑެތި އިނާމުތަކާއެކު ގިނަ ހިދުމަތްތަކެއް ހިލޭ

Dhi

ބޮޑެތި އިނާމުތަކަކާއި ހިލޭ ލިބޭ ތަފާތު ގިނަ ހިދުމަތްތަކަކާ އެކު ދިރާގުގެ ރޯދަ ހަދިޔާ އިއުލާން ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި މި އަހަރު ވެސް އެންމެ ފާހަގަކޮށްލެވެނީ “ދިރާގު ރޯދަ ބޮޑު ހަދިޔާ” އެވެ. މީގެ އިތުރުން ވެސް، ހިލޭ ޑޭޓާ ލިބުމާއި ހިލޭ ފޯނު ކުރެވުމާއި ދީނީ އަޅުކަންކަމާ ގުޅިފައިވާ ބައެއް ޕްރޮމޯޝަންތައް ވެސް ރޯދަ ހަދިޔާގައި ހިމަނާފައިވެ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވި ގޮތުގައި އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ މޮބައިލް، ފިކްސްޑް ލައިން އަދި އިންޓަނެޓް ބޭނުން ކުރާ މީހުންނަށް އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ. ކޮންމެ ހުކުރު ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާ އަށް ވުރެ އަގުހުރި ތަކެތި ރީފްސައިޑުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ހަދިޔާގައި ހިމެނެނީ:

• އެލްޖީ ބްރޭންޑުގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއެއް
• 8ކީ އަލްޓްރާ ޑްރައިވް ދޮންނަމެޝިނެއް
• ސްމާޓް ކަނެޓް ފްރޮސްޓް ފްރީ ފްރިޖެއް
• ވަޔަލެސް ސްޕީކަރެއް
• އެލްޖީ ބްރޭންޑުގެ ތަފާތު އެއްޗެހި އެކުލެވޭ ގިފްޓް ހެމްޕަރެއް

ދިރާގުގެ މޮބައިލް އަދި ފިކްސްޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް މިހާރު ބޭނުން ކުރާ ޑޭޓާ ޕެކޭޖުގެ 50 ޕަސެންޓަށް ވާ މިންވަރާ އެއްވަރުގެ ޑޭޓާ އެލަވެންސް އިއްޔެ ވަނީ އެ ކަސްޓަމަރުންނަށް ދީފަ އެވެ.

“މި މަހުގެ ތެރޭގައި އަލަށް ޑޭޓާ ނަންގަވާ ފަރާތްތަކަށް ވެސް މި އެލަވެންސް ލިބިވަޑައިގަންނަވާނެ،”

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ކޮންމެ ހުކުރު ދުވަހަކު ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭނެ އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް “FF” ޖެހުމަށް ފަހު 343 އަށް މެސެޖެއް ކޮށްލުމުން އެ ނިމުނީ އެވެ. އެކަމަކު، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ފައިދާ ލިބޭނީ ހަފުތާގެ ތެރޭގައި މަދުވެެން 50ރ. ބޭނުން ކުރުމުންނެވެ.

މީގެ އިތުރުން، މި ރޯދަ މަހު ސައޫދީ އަށް ގުޅުމަށް އެންމެ ހެޔޮ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެ އެވެ.

ދިރާގުގެ ހިދުމަތް ބޭނުން ކުރާ އެންމެންނަށް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ އަނެއް ޕްރޮމޯޝަނުގައި ހަފުތާއަކު ފަސް މީހަކަށް އެޗްއައިއެޗުން ރޯދަ ވީއްލުން ލިބެ އެވެ. “Iftar” ޖެހުމަށް ފަހު 500 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވޭ މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އޮންނާނެ އެވެ.

” އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރެވޭނެ،” ފޮނުވާ ކޮންމެ މެސެޖަކަށް ރުފިޔާއެއް ނަގާ ޕްރޮމޯޝަނާ ބެހޭ ގޮތުން އިމްޖާދު ވިދާޅުވި އެވެ.

އަގުހުރި އިނާމުތަކެއްގެ އިތުރަށް ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަންތައް އަދާ ކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ދޭން ނިންމާފަ އެވެ. އެ ގޮތުން، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ދިރާގުން ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*2*9*2# އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

ދިރާގުން ބުނިގޮތުގައި މިއީ ކޮންމެ ކަސްޓަމަރަކަށް ވެސް ޖުލައި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހިލޭ ލިބިވަޑައިގަންނަވާ ހިދުމަތެކެވެ.

ދިރާގުން މި ވަނީ ރޯދަ ހަދިޔާގެ ފައިދާ މިހާރުއްސުރެ ވެސް ލިބޭނެ ގޮތް ހަދާފަ އެވެ. އެގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ހަދިޔާގެ ފުރަތަމަ ހައްގުވެރިޔާ ވެސް ހޮވާފައިވެ އެވެ. އެ ގުރުއަތުން ހޮވުނީ 7872353 ނަމްބަރުގެ ވެރި ފަރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.