ކަމަދޫގައި ބަނގުރާ ކައްކަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

Kamadu-drug

ބ. ކަމަދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކަމުންދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނެކެވެ.

މި ދެ މީހުން ހައްޔަރުކުރީ ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހު ކަމަދޫ ގެއެއް ބަލައި ފާސް ކުރިއިރު އެގޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ގެ ބަލައި ފާސްކުރުމުން، އެ ގޭ ތެރެއިން ބަނގުރާކެއްކުމަށް ބޭނުންކުރާ ސާމާނާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 5 ލީޓަރުގެ ދެ ފުޅީގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހަމަ އެދުވަހު އެރަށުގެ އެހެން ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު 27 އަހަރުގެ ފިރިހެނަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އަދި މެއި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބ. އަތޮޅު ރިސޯޓަކުންވެސް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅާއެކު 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެެވެ.
މި މައްސަލަތައް ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.