އޭދަފުށީ ހިއްކި ސަރައްދުގައި 300 އަށްވުރެ ގިނަ ގަސް އިންދައިފި

Untitled-1

އޭދަފުށީ ހިއްކި ސަރަހައްދު ފެހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެ ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި ހިއްކި ސަރަހައްދު ފެހި ކުރުމަށާއި ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން 300 އަށްވުރެ ގަސް އިންދިފައިވާނެ އެވެ.

މި ޕްރޮގާރާމަށް ގަސް ހަދިޔާކުރީ ރޯޔަލް އައިލެންޑާއި ސޮނެވާފުށީ ރިސޯޓްގެ ފަރާތުންނެވެ. އަދި މި ހަރަކާތުގައި އެ ދެ ރިސޯޓްގެ މުވައްޒަފުންވެސް އަމަލީގޮތުން ވަނީ ބައިވެރިވެފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމު ކުރިއަަށް ގެންދިޔައީ ރަށުގެ މުއައްސަސާތަކާއި ސްކޫލުގެ ތިމާވެށި ކްލަބުގެ ދަރިވަރުންނާއި ގުޅިގެންނެވެ.

ނަމަވެސް މި ހަރަކާތުގައި ބައިވެރިވީ މަދުބައެއްކަން ފާހަގަ ކުރެވެއެވެ.

ބައެއް އޮފީސްތަކުގެ މީހުން “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ އޭދަފުށީ ކައުންސިލަކީ ގަސް އިންދުމަށް ތަރިހީބުދޭ ބައެއް ނޫން ކަމަށާއި ކައުންސިލުން މިހާތަނަށް ދިޔައީ ގަސްތައް ކަނޑަމުން ކަމަށެވެ.

“އެހެންވެ އެއްވެސް ޔަގީން ކަމެއް ނެތް މާދަމާވެސް ތި ގަސްތައް ކަނޑާ ނުލާނެ ކަމެއް،” ނަން ނުޖެހުމަށް ޝަރުތުކޮށް އޭދަފުށީ އޮފީހެއްގެ އިސްވެރިޔަކު ބުންޏެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިއަދު ފެށި ގަސް އިންދުމުގެ ޕްރޮގްރާމް ސިލްސިލާ ކޮށް ކުރިއަށްދާނެ ކަމަށެވެ.

“އެކަމު ދެން ގަސްއިންދަން ފަށަނީ ރޯދައިގެ ފަހުން، އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ރަށުގެ ބޮޑު ބައެއްގައި ގަސް ޖެހުން،”

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ރިޒާ

    ބ.އޭދަފުށީ ކައުންސިލުން ކުރާ ކަންތައްތަކުގައި ބ.އަތޮޅު ހޮސްޕިޓަލުން ވަރައްބޮޑަށް އެހީތެރިވޭ، އެކަން އަޅުގަނޑުމެން ފާހަގަ ކުރަން.

    ރައްދު
  2. ރިޒާ

    ޢޭދަފުށީ ކައުންސިލުން ގަސްކަނޑަނީ އެގަހުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ލިޔުމުން ސަކުވާ ހުށަހެޅުމުން، އެކަން އީ.ޕީ،އައްލިޔެ ހުއްދަ ހޯދައިގެން. މީގެއިތުރުން ދުއްވާ ފަރާްތްތަކުން ސަކުވާ ކޮއްގެންވެސް ބައެއް ފަހަރު ގަސްކަނޑާފައި ހުންނާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.