ދަރަވަންދޫ ބަނދަރުމަތިން އައުޓްލެޓް ފިހާރަތަކެއް ކުއްޔަށް ދޫކުރަނީ

ބ. ދަރަވަންދޫ ބަނދަރުމަތިން ބަޔަކު ހިނގާފައި އަންނަނީ. އެރަށު ބަނދަރުމަތިން. ބ. ދަރަވަންދޫގެ ބަނދަރުމަތިން އައުޓްލެޓް ފިހާރަތަކެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަންވަނީ ނިންމާފައި—އީޓީ ފޮޓޯ / ތޯރިގް
ބ. ދަރަވަންދޫ ބަނދަރުމަތިން ބަޔަކު ހިނގާފައި އަންނަނީ. އެރަށު ބަނދަރުމަތިން. ބ. ދަރަވަންދޫގެ ބަނދަރުމަތިން އައުޓްލެޓް ފިހާރަތަކެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަންވަނީ ނިންމާފައި—އީޓީ ފޮޓޯ / ތޯރިގް

ބ. ދަރަވަންދޫގެ ބަނދަރުމަތިން އައުޓްލެޓް ފިހާރަތަކެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި އެ ރަށު ކައުންސިލުން ބުނެފި އެވެ.

ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތައް އިމާރާތްކުރެވޭނީ އެއްޑިޒައިނަކަށް ކަމަށާއި އަދި ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ފަންސަވީހާ ތިރީސް ފޫޓްގެ ބިން ކަމަށެވެ.

ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި، އެ ފިހާރަތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނެކަމަށާއި ބިޑްތައް އިވެލުއޭޓްކުރުމަށްފަހު ފިހާރަ ކުއްޔަށް ދޭނީ އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށެވެ.

“އެގޮތުން އެންމެ ގިނަވެގެން މީހަކަށް ދޫކުރަނީ ދެ ބިން، ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ފަންސަވީހާ ތިރީސް ފޫޓްގެ ބިން”

މި ބިންތައް ކުއްޔަށް ދޫކުރަން ފަށާނެ ތާރީޚެއް ކައުންސިލް އަދި ހާމައެއް ނުކުރެ އެވެ.

ދަރަވަންދޫ ކައުންސިލުން މިހާރުވަނީ ވަނީ ފިއުލް ޝެޑަކާއި ފެރީޓާމިނަލެއްގެ އިތުރުން ކެފެޓީރިއާއެއް ހިންގުމަށް ބިން ކުއްޔަށް ދީފަ އެވެ. މި ބިންތައް ކުއްޔަށްދީގެންނާއި މިހާރު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ އެކި ޕްރޮޖެކްޓްތަކުން އެރަށަށް މަހެއްގެ މައްޗަށް 30،000ރ ގެ އާމްދަނީއެއް ލިބޭކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.