ތުޅާދޫ ކައުންސިލުންވެސް ރައްޔިތުންނަށް ތަފާތު ހަދިޔާތަކެއް

964199_566709403393818_2094876119_o

 

ރޯދަމަހާ ދިމާކޮށް އެކި ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ތަފާތު ހަދިޔާތައް ބަހަމުންނެވެ. އެގޮތުން މިއަތޮޅުގެބައެއް ރަށްރަށުގައިވެސް ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުނަށް އަންނަނީ ތަފާތު ހަދިޔާތައް ދެމުންނެވެ.

މިފަހަރު ބ. ތުޅާދޫ ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި އެރަށު ރައްޔޮތުންނަށް ދޭން ނިންމާފައިވަނީ ހުރިހާ ގޭބިސީތަކުގެ ކަރަންޓު ބިލުގެ ދެބައިކުޅަ އެއްބައި އަދި ކޭބަލް ޓީވީގެ މަހު ފީ އެވެ.

މީގެ އިތުރުން ރޯދަ ހަދިޔާގެ ގޮތުގައި ކައުންސިލުގެ ޚަރަދުގައި ރަމަޟާން މަހު އެރަށުގެ ހުރިހާ ގެއަކުން ކުނި އުކާލަ ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިއަތޮޅު މާޅޮހު ކައުންސިލަރުންގެ އަމިއްލަ ހަރަދުގައި އެރަށޫގެ ކޮންމެ ގެއަކަށް 5 ކިލޯ ފިޔާ ހަދިޔާކުރިއިރު ފެހެންދޫ ރައްޔިތުންނަށް އެރަށު ކައުންސުކލުް ވަނީ ކޭބަލް ޓީވީ ހިލޭ ފޯރުކޮށްދޭން ނިންމައިފަ އެވެ.

ކައުންސިލުތަކުން ބުނި ގޮތުގައި ރޯދަމަހަކީ ޚަރަދުތައް ބޮޑު މަހަކަށްވެފައި، މިފަދަ ހިދުމަތެއް ހިލޭ ކޮށްދެއްވުމަކީ ރައްޔިތުން ކުރާ ޚަރަދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެކެވެ. އަދި މިއީ ބަރަކާތްތެރި ރޯދަމަހާ ގުޅުވައިގެން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ މަގުސަދުގައި ކައުންސިލުން ރައްޔިތުންނަށް ދޭ ހަދިޔާ އެއްކަމަށްވެސް ކައުންސިލުތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.