އޭދަފުށީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

13382232_638961002936207_1433134351_n

މި އަހަރުގެ ފިތުރު ޒަކާތް އޭދަފުށީ ކައުންސިލް އިދާރާއިން ބަލައިގަންނަން ފަށައިފި އެވެ.

އޭދަފުށި ކައުންސިލް އިދާރާއިން ބުނީ ފިތުރު ޒަކާތް މިއަދުން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބަލައިގަންނާނެ ކަމަށެވެ. މި އަހަރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހެނދުނު 10:15 އިން 12:15 އަށެވެ.

ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނެއްގައި ވަނީ މި އަހަރު މިރަށުން ފިތުރު ޒަކާތް ދައްކަން ޖެހެނީ ބާސްމަތީ ހަނޑުލުން ނަމަ ބޮލަކަށް 85ރ. އަދި ތައިލެންޑު ހަނޑުލުން ނަމަ ބޮލަކަށް 55ރ. އެވެ. އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ބޮލަކަށް 12ރ. އެވެ.

ޒަކާތް ދައްކަންޖެހެނީ އަހަރު ތެރޭގައި އާއްމުކޮށް އެ މީހަކު ނުވަތަ އެ ބަޔަކު ކެއުމަށް ބޭނުންކުރި ހަނޑުލުގެ ބާވަތުން 2.4 ކިލޯ ގްރާމް ނުވަތަ އެ އަދަދަށްވާ ފައިސާ އެވެ.

ފިތުރު ޒަކާތަކީ އީދު ވިލޭރެ އާއި އީދު ދުވަހު ތިމާއަށާއި ތިމާ ޚަރަދު ދިނުން ލާޒިމުވެފައިވާ ބައެއްގެ މައްޗަށް ޚަރަދު ކުރާނޭ މިންވަރަށްވުރެ، އިތުރަށް ތަނަވަސްކަން ލިބިފައިހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ހުރި އައިނިއްޔަ ފްރުޟެކެވެ. މި ޒަކާތް ދިނުން އީދު ދުވަހަށްވުރެ ފަސް ކުރުމަކީ ހަރާމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.