ކެންދޫގައި ފުލުހުންގެ ޚިދުމަތް ފަަށައިފި

ކެންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމުގެ ގޮތުން ފުލުހުންނާ ކައުންސިލު ބައްދަލުކުރުގެ ތެރެއިން ފޮޓޯ- ކެންދޫ ކައުންސިލު - See more at: http://hithaadhoo.com/details.php?ID=1738#sthash.5SAUVsR9.dpuf
ކެންދޫގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމުގެ ގޮތުން ފުލުހުންނާ ކައުންސިލު ބައްދަލުކުރުގެ ތެރެއިން ފޮޓޯ- ކެންދޫ ކައުންސިލު – See more at: http://hithaadhoo.com/details.php?ID=1738#sthash.5SAUVsR9.dpuf

ބ. ކެންދޫގައި ފުލުހުންގެ ޑެސްކެއް ގާއިމުކޮށް ރަސްމީކޮށް ފުލުހުންގެ ޚިދުމަތްދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ކެންދޫގައި ގާއިމް ކުރެވުނު ޕޮލިސް ޑެސްކުގެ ސަބަބުން ކެންދޫ ރައްޔިތުންނަށް އަމާން ވެއްޓެއް ލިބުމަށް މަގުފަހިވެ އިޖުތިމާޢީ އެއްތައް މައްސަލަތަކެއް ހައްލުވެގެން ދާނެ ކަމަށެވެ.

އާދިއްތަ ދުވަހު ކެންދޫގައި ގާއިމް ކުރެވުނު ޕޮލިސް ޑެސްކަކީ ފުލުހުންގެ ޚިދުމަތް ކޮންމެ ރަށެއްގައި ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމު ކުރެވެނު ޑެސްކެއް ކަމަށް ފުލުހުން ބުންޏެވެ.

“މި ޑެސްކުންވެސް ފުލުހުންގެ ޢާންމެ ޚިދުމަތް ލިބިގެން ދާނެ،”

ކެންދޫ ކައުންސިލުގެ ރައީސް ޢަބްދުލް ޣައްފާރު ވިދާޅުވީ ކެންދޫގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިޔުމަކީ ކެންދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މީގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ހައްލުވެ ކުއްމަދު ވެއްޓަކަށް ކެންދޫ ބަދަލުވެގެން ދާނެކަމަށެވެ.

ކެންދޫ ކައުންސިލުން އިސް ނަގައިގެން ފެށި މި ޚިދުމަތަކީ އެކައުންސިލުން ވަރަށް ބުރަމަސައްކަތުން ފެށި ޚިދުމަތެއް ކަމަށްވެސް ކެންދޫން ކައުންސިލުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.