ފުރަތަމަ ޓާމު ނިމި، ދަރިވަރުންނަށް ހަފްތާއެއްގެ ޗުއްޓީއެއް

ފުރަތަމަ ޓާމުގެ ރިޕޯޓް ފައިލާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލުން ނުކުންނަނީ--  އީޓީ ފޮޓޯ / ތޯރިގް
ފުރަތަމަ ޓާމުގެ ރިޕޯޓް ފައިލާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލުން ނުކުންނަނީ– އީޓީ ފޮޓޯ / ތޯރިގް

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރިޕޯޓު ދިނުމަށްފަހު އެއް ހަފްތާއަށް ސުކޫލްތައް ބަންދުކޮށްފި އެވެ.

ދަރިވަރުންނަށް ފުރަތަމަ ޓާމަށް ފަހު ހަފްތާގެ ޗުއްޓީއެއް މިއަދުން ފެށިގެން ލިބުނުއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފަހު ޓާމުގެ ކިޔެވުން ފަށާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ރިޕޯޓް ފައިލް ހަވާލުކުރަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ރިޕޯޓް ފައިލް ހަވާލުކުރަނީ

އަހަރުގެ ފަހު ޓާމުގެ ކިޔެވުން މިމަހުގެ 19 ވަނަ ދުވަހު ފަށާއިރު، ފަހު ޓާމުގެ މިޑްޓާމަށް ބަންދުކުރާނީ ސެޕްޓެމްބަރު މަހުގެ 11 އިން 15 އަށެވެ. އަދި ދެވަނަ ޓާމުގެ އިމްތިހާން 30 އޮކްޓޯބަރުގައި ފަށާނެ އެވެ.

މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ނިމި، ސްކޫލްތައް ބަންދުކުރާނީ ނޮވެމްބަރު 17 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ކިއުންތެރިއެއް

    ހުރިހާ ދަރިވަރުންވެސް މިލިބުނު ޗުއްޓީ ދުވަސްތައް އެންމެ ހެޔަޮގޮތުގައި ބޭނުން ކުރާނެ ކަމަށް އުންމީދު ކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.