“އުފާ ބޯޓު” ދަތުރުތައް ފަށަން ތައްޔާރު، ވިޔަފާރިވެރިންނަށް ބޮޑު އުފަލެއް

އުފާ ބޯޓް. އޭދަފުއްޓާ މާލެއާ ދެމެދު ވިޔަފާރިތައް ފަށަން ތައްޔާރުވެފައި- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އުފާ ބޯޓް. އޭދަފުއްޓާ މާލެއާ ދެމެދު ވިޔަފާރިތައް ފަށަން ތައްޔާރުވެފައި- އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ފަހުގެ ތައްޔާރީތައް ނިމުނުހާ އަވަހަކަށް “އުފާ ބޯޓު” ގެދަތުރުތައް އޭދަފުއްޓާއި މާލެއާ ދެމެދު ކުރަން ފަށާނެކަމަށް ބޯޓުގެ ވެރިޔާ އިބްރާހީމް ރަޝީދު ބުނެފިއެވެ.

ބޮޮކސަލެ ަދދ

ފައިބަރުން ބަނދެފައިވާ 85 ފޫޓުގެ މި ބޯޓުގެ ދަތުރުތައް މި ރޯދަމަސް ނިމުމުގެ ކުރިން ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ބޯޓު ވެރިޔާ ބުނެއެވެ.

“ބޯޓުގެ ދަތުރުތައް ފަށަން މި ތައްޔާރު ވަނީ. އިރާދަކުރެއްވީޔާ ރޯދަމަސް ނިމުމުގެ ކުރިން ފެށޭތޯ ބަލާނަން. ފުރަތަމަ ދަތުރު ކުރާނީ އޭދަފުއްޓާއި މާލެއާ ދެމެދު. މުދާ ލިބޭނަމަ ދަރަވަންދޫ އަދި މާޅޮހަށްވެސް ދަތުރު ކުރަން ވިސްނަން,”

 

އިބްރާހީމް ރަޝީދު ބުނި ގޮތުގައި އުފާ ބޯޓުގެ ދަތުރުތައް ފެށުމުން އޭދަފުށީ ވިޔަފާރިވެރިންނަށް ވަރަށް ބޮޑުތަން ލުއިވެގެން ދާނެ އެވެ.

ރަގަޅު ފެންވަރަކަށް ހަދާފައިވާ މި ބޯޓުން މާލެ ދަތުރު ކުރާ ފަރާތްތަކަށް ދޭ ހިދުމަތްވެސް ވަރަށް ރަގަޅު ވާނެކަމަށް އިބްރާހިމް ބުންޏެވެ.

“އީޓީ” އާ ވާހަކަދައްކަމުން އޭދަފުށީގެ ވިޔަފާރިވެރިއަކު ބުނީ އޭދަފުއްޓާ މާލެއާ ދެމެދު މުދާ އުފަލާ ރަށަށް ނިސްބަތްވާ ބޯޓެއް ނެތުމުން ވަރަށް އުނދަގޫވާކަމަށާއި، އުފާ ބޯޓުގެ ދަތުރުތައް ފެށުމުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.

 

“ރަށާ މާލެއާ ދެމެދު ދަތުރުކުރާ ރަގަޅު ފެންވަރެއްގެ ބޯޓެއް ނެތުމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވޭ. މި ރަށަކީ ވަރަށް ގިނައަދަދަކަށް މުދާ އެތެރެކުރާ ރަށެއް. އުފާ ބޯޓުގެ ދަތުރުތައް ފެށުމުން އަޅުގަނޑުމެނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،”

އޭދަފުއްޓާއި މާލެއާ ދެމެދު މިހާރު ދަތުރު ކުރަނީ ބ. ތުޅާދޫ ބޯޓެކެވެ. މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ތުޅާދޫ ފަޅުތެރޭގައި އޮއްވައި އަނދާހުލިވި އޭދަފުށީ ނިޔާމަ ބޯޓުގެ ދަތުރުތައްވެސް ވަރަށް އަވަހަށް ފަށާނެކަމަށް މައުލޫމާތުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.