ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

 

13350945_636162753216032_368869740_o

 

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބ. އޭދަފުށީގައި ޤާއިމުކޮށްފައިވާ ފުޓްސަލްދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ރަށު ކައުންސިލުން އިއުލާން ކޮށްފި އެވެ.

ބޮޮކސަލެ ަދދ

އޭދަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފުޓްސަލް ދަނޑުގައި ޖަހާފައިވާ ފެންސް ހަލާކުވެފައިވާތީ، ފެންސް މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދީފައިވާ ކަމަށެވެ.

 

އެ އިދާރާއިން ބުނީ މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މާދަމާ 11:00 ގައި ކައުންސިލު އިދާރާގައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ކައުންސިލު އިދާރާއިން ބުންޏެވެ.

 

ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާއިރު، ދަނޑުގެ ގޯލް ފުރަގަހުގައި ޖަހާފައި ހުރި ފެންސްތަކާއި ބެންޗް މަތީގައި ހިޔާވާން އޮންނަ ޕްލާސްޓިކް ޝީޓްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.