ސެންޓޭގެ ހެޓްރިކާއެކު ޓީސީއަށް ފަސޭހަ މޮޅެއް

އަލީ ފާސިރު (ސެންޓޭ) ރޭގެ މެޗުގަިއ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ | ފޮޓޯ:މިހާޜު
އަލީ ފާސިރު (ސެންޓޭ) ރޭގެ މެޗުގަިއ ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ | ފޮޓޯ:މިހާރު

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާއެކު ފަސޭހަކަމާއެކު ބީޖީގެ މައްޗަށް ކުރި ހޯދާ ޓީސީ ދިވެހި ޕްރިމިއަރ ލީގުގެ 3 ވަނަ އަށް ޖެހިލައިފިއެވެ. މި މެޗް ޓީސީ ކާމިޔާބު ކުރީ 1-4 ގެ ނަތީޖާއަކުންނެެވެ.

ރޭގެ މެޗުގައި ސެންޓޭގެ ފަރާތުން ފެނިގެންދިޔަ ފުރަތަމަ ލަނޑާއެކު ފުރަތަމަ ހާފް ނިންމާލީ 0-1 ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެެވެ. ދެވަނަ ހާފް ފެށިގެން 20 މިނިޓް ތެރޭގައި ސެންޓޭ ދެވަނަ  ގޯލްއެއް ޖަހާ ޓީސީ އަށް ލީޑް ފުޅާކޮށްދިނެވެ.

ސެންޓޭގެ ދެވަަނަ ލަނޑަށް ފަހު ޓީސީގެ 3 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނާފިޔުއެވެ.  ބީޖީގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ ފުރިހަމަ ވަގުތުހަމަވާ 18 މިިނިޓްއަށް ވެފައި ވަނިކޮށް އެޓީމުގެ ބިދޭސީ ފޯވާޑްއެވެ.

ސެންޓޭގެ ހެޓްރިކް ފެނިގެންދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެެގެން ދެއްކި އިތުރުވަގުތުގެ 5 މިނިޓްތެރޭގައެވެ. މި ލަނޑު ސެންޓޭ ކާމިޔާބު ކުރީ ލިބުނު ހިލޭ ޖެހުމެއް ގޯލްގެ ތެރެޔަށް ފޮނުވާލައިގެންނެެވެ.

މިއީ ސެންޓޭގެ ފަރާތުން މި ސީޒަންގައި ފެނުުނު 2 ވަނަ ހެޓްރިކްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.