މިނިވަން ފަންސާން ފުޓްބޯޅަ މުބާރާތުގެ ފައިސާ އަދިވެސް ހަމައަށް ނުލިބޭ

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ އުތުރު ސަރަހައްދުގެ އެއްވަނަ ހޯދުމާ ގުޅިގެން އޭދަފުށީ ޓީމު އުފާ ފާޅުކުރަނީ. | ފައިލް ފޮޓޯ
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ އުތުރު ސަރަހައްދުގެ އެއްވަނަ ހޯދުމާ ގުޅިގެން އޭދަފުށީ ޓީމު އުފާ ފާޅުކުރަނީ. | ފައިލް ފޮޓޯ

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ އުތުރު ސަރަހައްދުގެ އެއްވަނަ ހޯދާ ޓީމަށް އެފް.އޭ.އެމް އިން ދޭން ކަނޑައެޅި އެއްލައްކަ ރުފިޔާ އަދިވެސް ނުލިބޭކަމަށްބުނެ އޭދަފުށީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އުތުރު ޒޯންތަކުގެ ޗެމްޕިއަންކަން ހޯދި ޓީމުތަކުން ކުޅުދުއްފުށީގައި ކުރިއަށްދިޔަ ގްރޫޕޫން އެއްވަނަ އޭދަފުށިން އެއްވަނަ ހޯދިއިރު ދެވަނައަށް ދިޔައީ ށ. ފޯކައިދޫއެވެ.

ކައުންސިލްގެ އޮފިޝަލަކު “އީޓީ” ވާހަކަދައްކަމުން ވިދާޅުވީ އެ ފައިސާ ނޫން އެހެން ހުރިހާ ފައިސާއެއް ޓީމަށް ލިބިފައިވާކަމަށެވެ.

“އަތޮޅު ޗެމްޕިއަންކަމަށް ދޭ ފައިސާ އަދި ޒޯން ޗެމްޕިއަންކަމަށް ދޭފައިސާގެ އިތުރުން މުޅި މުބާރާތުގެ ތިންވަނައަށް ދިޔަ ފައިސާ ޓީމަށް ވަނީ ލިބިފަ. އެކަމު ކުޅުދުއްފުށީ ބުރުން އެއްވަނަ ހޯދީމަ ދޭން ކަނޑައެޅި ފައިސާ އަދިވެސް ނުލިބޭ. އެކަމާ ކައުންސިލުން ވަރަށް ކަންބޮޑުވޭ،”

މީގެ އިތުރުން ކައުންސިލުން ބުނީ މުބާރާތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، ދަތުރުފަތުރު ކުރުމާއި އެހެނިހެން ކަންކަމަށް ބޮޑު ޚަރަދެއް ދިޔަކަމަށެވެ.

“ޓީމަށް ވަރަށް ބޮޑު ޚަރަދެއް ދިޔަ. ހާއްސަކޮށް ދަތުރުފަތުރަށް. މުބާރާތް ރޭވިފަ އޮތްގޮތުން އެހާބޮޑު ހަރަދެއް ދިޔައީ. އެފް.އޭ.އެމް އިން ވަކި އަދަދަކަށް ފައިސާ ކަނޑައެޅީމަ އެކަމަށް ކޮންމެ ބަޔަކުވެސް އުއްމީދުކުރާނެ،”

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް އެފް.އޭ.އެމް އިން ވަނީ ނިންމާފައެވެ. މިއަހަރުގެ މުބާރާތް ފަށާނީ ޖުލައި 26 ވަނަ ދުވަހު އެވެ. ނަމަވެސް މުބާރާތް ކުރިއަށް ގެންދާނެ ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.