ނިއުރޭޑިއަންޓާއި ވެލެންސިއާ ކުޅުނު މެޗު އެއްވަރުވެއްޖެ

ރޭ ނިއުރޭޑިއަންޓާްއި ވެލެންސިއާ ބައްދަލު ކުރި މެޗްގެ ތެރެއިން | ފޮޓޯ: އިމޭޖަސް.އެއްވީ
ރޭ ނިއުރޭޑިއަންޓާްއި ވެލެންސިއާ ބައްދަލު ކުރި މެޗްގެ ތެރެއިން | ފޮޓޯ: އިމޭޖަސް.އެއްވީ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއުރޭޑިއަންޓާއި ވެެލެންސިއާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުން  އެއްވަރު  ވެގެން ނިމިއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނިއުރޭޑިއަންޓަށް ލަނޑު ޖަހާނެ ގިނަ ފުުރުސަތު ތަކެއްލިބިފައިވެއެވެ. އެެއާއެކު ފުރަތަމަ ހާފް ނިންމާލީ އަހުމަދު ޝުހައިލް (ބަަންބުޗް) ގެ ގޯލަކާއެކު 0-1 ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ނިއުރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ބަންބުޗަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ނާކާބިޔާބު ވެފައި ވީ އިރު، ވެލެންސިިއާއިން ވެސް ވަނީ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ވެލެންސިއާގެ އަދްހަމް މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން 3 މިނިޓް އަށްވެފައި ވަނިކޮށް ވަނީ ލަނޑެއް ޖަހާ، އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި މެޗް ގައި ބަންބުޗް ޖެހި ލަނޑަކީ މި ސިޒަނުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.