ބ. އޭދަފުށީ، އަތަމާގޭ އިބްރާހިމް އަބްދުއްރަހްމާން ނިޔާވެއްޖެ އެވެ.
އިބްރާހިމް އަބްދުއްރަހްމާން، މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ރޭ ފަތިހު އޭދަފުށީގަ އެވެ.
މައްޔިތާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. ކަށު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވި އެވެ․
އަލްމަރުހޫމް އިބްރާހިމް އަބްދުއްރަހްމާނުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.