މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ބައިވެރިވެއްޖެ

Eyd-1

މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ބައިވެރިވެއްޖެ އެވެ.

“އީޓީ” އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މުބާރާތުގައި އޭދަފުށިން ވާދަކުރަން ނިންމީ އިއްޔެ އެވެ․ މިނިވަން ފަންސާސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފަ އެވެ.

މިއަހަރުގެ މުބާރާތުގައި އޭދަފުށިން ބައިވެރިވިއިރު މިދިޔަ އަހަރުގެ މުބާރާތުގެ އުތުރު ސަރަހައްދުގެ އެއްވަނަ ހޯދާ ޓީމަށް އެފްއޭއެމް އިން ދޭން ކަނޑައެޅި އެއްލައްކަ ރުފިޔާ ނުލިބިގެން ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ․

މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

މުބާރާތް ކުރިއަށް ގެންދާނެ ގޮތެއް އެފްއޭއެމް އިން އަދި ނިންމާފައެއް ނުވެއެވެ.

އެފްއޭއެމް އިން ބުނީ މިފަހަރުގެ މުބާރާތް ރާވާނީ ބައިވެރިވާ ޓީމުތަކާއި މަޝްވަރާ ކުރުމަށްފަހު ކަަމަށެވެ․

މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ގދ. ފަރެސްމަތޮޑާ އަތުން ބަލިވެ އޭދަފުއްޓަށް ލިބުނީ ތިންވަނައެވެ. މިދިޔަ އަހަރުގެ މުބަރާތުގައި އޭދަފުށިން ވަނީ އަތޮޅު މުބާރާތާއި ޒޯން މުބާރާތުގެ ޗެމްޕިއަންކަމުގެ އިތުރުން އުތުރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ އުތުރު ސަރަހައްދުގެ އެއްވަނަވެސް ހޯދާފައެވެ.

ނަމަވެސް ޓީމަށް ލިބެންޖެހޭ ބައެއް ފައިސާ ނުލިބިގެން ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ․

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.