ޓީބީ އިން އިސްނަގައިގެން މަސްޖިދުލް ޔޫސުފްގެ ކާޕެޓް ބަދަލުކޮށްފި

ޓީބީ އިން އިސްނަގައިގެން މަސްޖިދުލް ޔޫސުފްގެ ކާޕެޓް ބަދަލުކޮށްފައި
ޓީބީ އިން އިސްނަގައިގެން މަސްޖިދުލް ޔޫސުފްގެ ކާޕެޓް ބަދަލުކޮށްފައި

ކްލަބް ދަ ބިގިނާސް (ޓީބީ) އިން އިސްނަގައިގެން އޭދަފުށީ މަސްޖިދުލް ޔޫސުފްގެ ކާޕެޓް ބަދަލުކޮށްފިއެވެ.

އެ ކްލަބްގެ އިޖްތިމާއީ ޒިންމާގެ ދަށުން މަސްޖިދުލް ޔޫސުފްގެ ކާޕެޓް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޓީބީގެ މެމްބަރުންނާއި ރަށުގެ ބައެއް ރައްޔިތުންގެ އެހީތެރިކަމާއެކު މި މަސައްކަތް ނިންމާލީ ރޭގަ އެވެ.

ޓީބީގެ މެމްބަރަކު އީޓީއާ ވާހަކަދައްކަމުން ބުނީ ކާޕެޓް ބަދަލުކުރުމުގެ މަސައްކަތުގައި އޭދަފުށީ ކައުންސިލްގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

“މި މަސައްކަތް މި ނިންމާލެވުނީ އޭދަފުށީ ކައުންސިލްގެ ވަރަށްބޮޑު އެހީތެރިކަމަކާއެކު. އެކަމަށްޓަކައި ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އޭދަފުށީގެ މަދު ވިޔަފާރިވެރިންގެ އެހީތެރިކަމާއި ކްލަބްގެ މެމްބަރުންގެ އެހީތެރިކަންވެސް ލިބުނު. މި ހުރިހާ ފަރާތަކަށް ކްލަބުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ”

ޓީބީ އިން ބުނީ ކުރިއަށްވެސް އެފަދަ ކަންކަން ރޭވިފައިވާކަމަށާއި، ކްލަބުގެ އިޖްތިމާއީ ޒިންމާގެ ދަށުން އަވަސް މުސްތަގްބަލެއްގައި އިތުރު ކަމެއް ފަށާނެކަމަށެވެ.

ޓީބީ އިން ވަނީ މަސްޖިދުލް މުއީނުއްދީން މިސްކިތަށް ފައިވާން ބަހައްޓާ ހަރުގަނޑެއްވެސް މި ރޯދަމަހު ހަދިޔާކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު މަސްޖިދުލް ޔޫސުފް އޭސީ ކުރީވެސް އެ ކްލަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.