ހުސް ސޮންގުން ބޭއްވި “ފީފާ 16” މުބާރާތުގެ ޗެންޕިއަންކަން އަލީ ޝާދިން ހޯދައިފި

މުބާރާތުގެ ޗެންޕިއަންކަން ހޯދި ޝާދިންއަށް ފައިސާގެ އިނާމް ހަވާލްކޮށްދެއްވަނީ| އިޓީ ފޮޓޯ:ރާއިފް ޔޫސުފް
މުބާރާތުގެ ޗެންޕިއަންކަން ހޯދި ޝާދިންއަށް ފައިސާގެ އިނާމް ހަވާލްކޮށްދެއްވަނީ| އިޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ހުސް ސޮންގުން ގްރޫޕް އިން އިންތިޒާމް ކޮށްގެން ބޭއްވި ޕްލޭ ސްޓޭޝަން 4 “ފީފާ 16” މުބާރާތުގެ ޗެންޕިއަންކަން އަލީ ޝާދިން ހޯދައިފިއެވެ. ރޭ ލެމަން ވުޑްގައި އޮތް ހާއްސަ ރަަސްމީޔާތެއްގައި ވަނަ ވަަނަ އަށް ފަރާތްތަކަށް ވަނީ ފައިސާގެ އިނާމްއާއި ޝީލްޑްދީފައެވެ

ޝާދިން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ފައިނަލް ގައި މުހައްމަދު އަފްނާން 1-3 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. 32 ބައިވެރިން ބައިވެެރިވި މި މުބާރާތުގެ ދެވަނަ އަފްނާން ހޯދި އިރު 3 ވަނަ އަށް ގޮސްފައިވަނީ މުހައްމަދު މާއިޝްއެވެ

މުބާރާތުގެ އެއްވަނައަށް ދިޔަ ޝާދިންއަށް 1000 ރުފިޔާއާއެކު ޝީލްޑް ވަނީދީފައެވެ. ދެވަނަ އަށްދިޔަ އަފްނާންއަށް 500 ރުފިޔާއާއި އެކު ޝީލްޑް ދިންއިރު ތިންވަނަށް އަށް ދިޔަ މާއިޝްއަށް 250 ރުފިޔާ ވަނީ ދީފައެވެ

ހުސް ސޮންގުން ގްރޫޕް އިން ބުނީ އަންްނަ އަހަރުވެސް މި މުބާރާތް މިއަށްވުރެއް އަގު ބޮޑު އިނާމް ތަކަކާއެކު ބާއްވާނެކަމަށެވެ. އަދި ފުރަތަމަ ފަހަރު މި މުބާރާތަށް ލިބުނު ތަރުހީބަށް ވަނީ ޝުކުރުއަދާކޮށްފައެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.