މިނިވަން ފުޓްބޯޅަ މުބާރާތް ޖުލައި 26 ގައި ފަށަނީ

މިދިޔަ އަހަރު އޮތް މިނިވަން 50 މުބާރާތުގެ ޒޯން ސްޓޭޖް ގައި އޭދަފުއްޓާއި  ނޮޅިވަރަމް ކުޅެނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މިދިޔަ އަހަރު އޮތް މިނިވަން 50 މުބާރާތުގެ ޒޯން ސްޓޭޖް ގައި އޭދަފުއްޓާއި ނޮޅިވަރަމް ކުޅެނީ | ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ “މިނިވަން ފުޓްބޯޅަ މުބާރާތް” އަންނަ މަހު 26 ވަނަ ދުވަހު ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދީފި އެވެ

އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އަތޮޅު ފުޓްބޯޅަ މުބާރާތް މިދިޔަ އަހަރު ފެށީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުގަ އެވެ. މިދިޔަ އަހަރުގެ މުބާރާތާ ހިލާފަށް މި އަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ ކުރިއަށްދާނީ ކޮންމެވެސް އެއް ރަށެއްގަ އެވެ. މިދިޔަ އަހަރު އަތޮޅު ބުރު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި ފަހަރު ވެސް އަތޮޅުޗެމްޕިއަނުންގެ މެދުގައި ކުޅޭ ޒޯން މުބާރާތުން ފެށިގެން ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެފް.އޭ.އެމް އިން ބުނީ މިފަހަރު އަތޮޅުގެ ރަށްތަކުގެ މެދުގައި ހޯމް އެންޑް އަވޭ އުސޫލުން މެޗު ނުކުޅޭނެކަމަށެވެެ. އެއީ ޓީމްތަކަށް ކުރަންޖެހޭ ހަރަދުތަކާއި އުފުލަންޖެހޭ ބުރަތަކަށް ލުޔެެއްދިނުމުގެ ގޮތުންނެވެ

މިފަހަރު އަތޮޅަކުން 2 ޓީމަށްވުރެއް ގިނަ ޓީމް ބައިވެރިވާނަމަ، އެ އަތޮޅެއްގެ މެޗުތަށް ކުޅޭނީ އެ އަތޮޅެއްގެ ހޯސްޓްކުރާ ރަށެއްގައެެވެ. ނަމަވެސް ޒޯން މުބާރާތުގެ މެޗްތަށް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ

އެފްއޭއެމުން ބުނީ މުބާރާތުގައި ބައިވެރިވާ ރަށްތަކުން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު މުއްދަތަކީ މި މަހު 26 ވަނަ ދުވަހު 15:00ގެ ކުރިން ކަމަށެވެ. އަދި މުބާރާތަށް ޓީމު ލިސްޓުތައް ހުށަހަޅާއިރު ޓީމުގައި 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިން ހިމަނަން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ޝަރުތުކުރެ އެވެ. މުބާރާތުގައި ޓީމުތައް ބައިވެރިވުމުން އެ އަތޮޅެއްގެ މުބާރާތް ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.