އަންނަމަހުން ފެށިގެން ކުނި އުކާލުމުގެ ހިދުމަތް ދޭން ފަށަނީ

DSC_7451

ބ. އޭދަފުށީގެ ގޭ ބިސީ ތަކާއި އެހެނިހެން ތަންތަކުގައި އުފެދޭ ކުނި ބުނި އަންނަ ޖުލައި މަހުން ފެށިގެން ކުނިކޮށްޓަށް އުކާލުމުގެ ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، ކުނި އުކާލުމުގެ ހިދުމަތް ދިނުމުގެ ކުރިން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިންމައި، މެޝިނަރީތައް އިންސްޓޯލްކޮށް ކަރަންޓް ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

“މިހާރު ކުރިއަށްދަނީ ކަރަންޓް ގުޅުމުގެ މަސައްކަތް، ކަރަންޓް ގުޅާލުމުގެ މަސައްކަތް ނިމުމާއެކު ކުނި އުކާލުމުގެ މަސައްކަތް ފެށިގެންދާނެ،”

ކުނި އުކާލުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކައުންސިލާއި އަމިއްލަ ފަރާތެއް ގުޅިގެންނެވެ.

ކުނި ނައްތާލުމުގެ ހިދުމަތް ފެށުމުގެ ގޮތުން އެ ޚިދުމަތުގައި ބައިވެރިވުމަށްއެދޭ ފޯމް ރަށުކައުންސިލުން މިހާރު ގެންދަނީ ދޫކުރަމުންނެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ.

ކުނި އުކާލުމުގައި ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގުތައް ކައުންސިލުން މިހާރުވަނީ އާއްމުކޮށްފަ އެވެ.

ކުނި ނައްތާލުމުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ އަގުތައް

• ކްލަބް ޖަމިއްޔާ ތަކުގެ އިދާރީ އޮފިހާއި އެތަނުގެ ގޯތި ތެރޭގައި އުފެދޭ ކުނި ނައްތާލުން -/50ރ
• މީހުން ދިރިނޫޅޭ ފަޅު ގޯތި ތަކާއި/އަލަށް އިމާރާތްކޮށް ދިރިއުޅެން ނުފަށާހުރި ގޯތި ތަކުގައި އުފެދޭ ކުނި ނައްތާލުން -/75ރ
• ގޭ ބިސީ ތަކުގެ ބަދިގެއާއި ގޯތި ތެރޭގައި އުފެދޭ ބާވަތްތަކުގެ ކުނި ނައްތާލުން -/100ރ
• އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކާއި ގޯތި ތެރޭގައި ހިމެނޭ ކުނި ނައްތާލުން -/200ރ
• ވޯކްޝޮޕް ފަދަ ތަންތަނުގައި އުފެދޭ ކުނި ނައްތާލުން -/250ރ
• ސަރުކާރު އޮފީސް އިމާރާތާއި ގޯތި ތެރޭގައި ހިމެނޭ ކުނި ނައްތާލުން -/500ރ
• ސައިހޮޓާ/ރެސްޓޯރަންޓް/ކެފޭ ތަކުގައި އުފެދޭ ކުނި ނައްތާލުން -/500ރ
• ކާޕެންޓްރީގައި އުފެދޭ ކުނި ނައްތާލުން -/500ރ
• ހާއްސަ ހަފްލާތަކާއި ޕާޓީތައް ބާއްވާ ތަންތަނުގެ ކުނި ނައްތާލުން –/500ރ
• ބ. އަތޮޅު ހޮސްޕިޓަލުގެ ގޯތި ތެރޭގައި އުފެދޭ ކުނި ނައްތާލުން -/1000ރ
• ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައި އުފެދޭ ކުނި ނައްތާލުން -/1000ރ
• ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލުމުގެ ދަށުގައިވާ ތަންތަކުން ކުނި ނައްތާލުން -/1000ރ
• ބ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށގައިވާ ތަންތަނުން ކުނި ނައްތާލުން -/1000ރ
• ރަށު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ކުނި ނައްތާލުން -/1000ރ
• ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ކުނި ނައްތާލުން -/1000ރ
• އޮޑިހަރުގެތަކުން ކުނި ނައްތާލުން -/1000ރ
• އިޖްތިމާއީ ސަރަހައްދުތަކުން ކުނި ނައްތާލުން -/1000ރ
• ވިޔަފާރިކުރާ ފިހާރަތަކުގައި އުފެދޭ ކުނި ނައްތާލުން -/150ރ
• ފަހާތަންތަކުން ކުނި ނައްތާލުން -/200ރ

ކައުންސިލުން ބުނީ ވިޔަފާރިކުރާ ފިހާރަތަކުން އުފެދޭ ކުނި ނައްތާލުމަށް ފީ ނެގުމަށް ހަމަޖެހިފައިވަނީ ފިހާރަތައް 4 ބަޔަކަށް ބަހާލައިގެންން ކަމަށެވެ. އެގޮތުން ހޯލް ސޭލް ކުރާ ފިހާރަތަކުން -/1000ރ ނެގުމަށް ހަމަޖެހިފައިވާއިރު، ރީ ޓެއިލްކޮށް ދަޅު ކާނާ އާއި މޭވާ އަދި ތަރުކާރީ ވިއްކާ ފިހާރަތަކުން ނެގުމަށް ހަމަޖެހިފައިވަނީ -500ރ އެވެ. އަދި ގާމެންޓްސް ވިއްކާ ފިހާރަތަކުން -/300ރ ނަގާއިރު ކަންމަތީ ކުދި ފިހާރަތަކުން ނެގުމަށް ހަމަޖެހިފައިވަނީ -/150ރ އެވެ.

މިއަހަރު ޖެނުއަރީމަހުވެސް ކުނި ނައްތާލުމުގެ މަސައްކަތް ފެށޭނެ ކަމަށް ރަށު ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ. މި މަސައްކަތް ފެށުން ލަސްވަމުންދާތީ އާއްމުންގެ ފާޑުކިޔުންތައް ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ނ،ރ،ބ އަދި ޅ އަތޮޅުގެ ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއުގެ އެހީއާއެކު އޭދަފުށީގައި ކުރިޔަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން ކުނި ބޭރުކުރުމަށް ހަމަޖެހިފައިވަނީ ރ ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. Pingback: ގޮނޑުދޮށާއި މޫދަށް ކުނި އެޅުން: ހައްލު ވާނެބާ – ThimaaVeshi

  2. hassan

    މީގަ ވާނުވާއެއް ނޭނގޭ
    މިކަންކަމުގަ އެބަޖެހޭ ރައްޔިތުންނަށް ވާނުވާ ސާފުކޮށްދޭން…
    އަބަދުވެސް ލާރި ލާރި

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.