ބ. އޭދަފުށީ ކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތް އަންނަ މަހު 15 ގައި ފަށާގޮތަށް ހަމަޖައްސައިފި އެވެ.
މި މުބާރާތަކީ ރަށު ކައުންސިލުން ބުނި ގޮތުގައި މިއަހަރުގެ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މުބާރާތް ހުޅުވާލާފައިވަނީ މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ގުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ތައުލީމީ މަރުކަޒުގެ އިތުރުން ބަހިއްޔާ ޕްރީ ސްކޫލުންނާއި ގުރުއާން ކްލާސްތަކުން ދަރިވަރުންނަށެވެ.
މި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އަތޮޅު މުބާރާތުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.