ޓޮރޭސް ޗުއްޓީ ހޭދަކޮށްލުމަށް އާއިލާއާއެކު ސޮނެވާފުށީގައި

ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ ތެރެއިން
ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ ތެރެއިން

ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ފެނާންޑޯ ޓޮރޭސް އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ބ. އަތޮޅު ސޮނެވާފުށީ ރިސޯޓަށް އަތުވެއްޖެ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި ޓޮރޭސް ޗުއްޓީ ހޭދަކުރުމަށް ސޮނެފުށީ ރިސޯޓަށް އައި މިއަދުގެ ވަގުތެއްގަ އެވެ.

މީގެ ކުރިންވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ ޓޮރޭސް މިފަހަރުވެސް ރާއްޖެ އައީ އޭނާގެ އަންހެނުން އޮލާލާ ޑޮމިންގޭޒް ގެ އިތުރުން ދެކުދިންނާއިވެސް އެކުއެވެ. ޓޮރޭސް ވަނީ 2014 ވަނަ އަހަރު ޗުއްޓީ ހޭދަކޮށްލުމަށް މިއަތޮޅު އަނަންތަރާ ކިހަވައް ވިލާސް ރިސޯޓަށްވެސް އައިސްފަ އެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ ދަތުރުގައި ޓޮރޭސް އެ ރިސޯޓުގައި މިމަހުގެ 30ގެ ނިޔަލަށް މަޑުކުރާނެ އެވެ.

ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ  ތެރެއިން އަނަންތަރާގައި
ޓޮރޭސް މީގެ ކުރިން ރާއްޖެ އައި ދަތުރުގެ ތެރެއިން އަނަންތަރާގައި

ޓޮރޭސް އަކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މަޤްބޫލު ކުޅުންތެރިއެކެވެ. ޓޮރޭސް އެންމެ ބޮޑަށް ފާހަގަކުރެވުނީ އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރުއެވެ. އެ ކްލަބަށް ކުޅެދިން 102 މެޗްގައި އޭނާ ވަނީ 62 ގޯލް ކާމިޔާބުކޮށްދީފައެވެ. މިދިޔަ ސީޒަންގައި އެތްލެޓިކޯ މެޑްރިޑްގައި ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް މިފަހަރު ޔޫރޯއަށް ނެގި ސްޕެއިން ޓީމުގައި ޓޮރޭސް ހިމެނިފައެއް ނުވެއެވެ.

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ނިމުމުން ގިނަ ކުޅުންތެރިންތަކެއް ކޮންމެ އަހަރުވެސް ރާއްޖެ ޒިޔާރަތްކުރެއެވެ. ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާތީ މިއަހަރު އެ އަދަދު ވަނީ މަދުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.