ރެޑްބުލް “ފީފާ 16” މުބާރާތެއް އޭދަފުށީގައި ބާއްވަނީ

I9B0859resized

ރެޑްބުލް އިން ކުރިއަށްގެންދާ “ރެޑްބުލް ގޭމް އޮން” ގެ ފީފާ 16 މުބާރާތެއް އޭދަފުށީގައި ބާއްވަން ނިންމައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރެޑްބުލް އިން ކުރިއަށް ގެންދާ މި މުބާރާތް އޭދަފުށީގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ އޭދަފުށީ “ހުސް ސޮންގުން” ގްރޫޕާއި ގުޅިގެން އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު 15 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނަކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އާދީއްތަ ދުވަހުގެ ހަވީރު 4:00 އެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7456989/7740374 ނަންބަރަށް ގުޅުމަށް ހުސް ސޮންގުން ގްރޫޕުން އެދެއެވެ.

މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ބަލިވާ ކުޅުންތެރިއެއް ކަޓާ ގޮތަށެވެ. އޭދަފުށީ ކޮލިފައިން ބުރުން ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔާއަށް ފައިސާގެ އިނާމުގެ އިތުރުން މާލޭ ބުރުން ފުރުޞަތު ލިބިގެންދާނެ އެވެ.

އަތޮޅުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މުބާރާތް ކުރިއަށްދާނީ ޖުލައި 2 ވަނަ ދުވަހު މާލޭގައެވެ. މުޅި ރާއްޖޭގެ ޗެމްޕިއަން ކުޅުންތެރިޔާއަށް 55 އިންޗީގެ ޓީވީއަކާއި އެކު އިތުރު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލެ، ގއ. ވިލިނގިލި، ހދ. ކުޅުދުއްފުށި، ހއ. ހޯރަފުށި، ޏ. ފުވައްމުލައް، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ކާށިދޫ، ގދ. ތިނަދޫ، ކ. މާފުށި، އައްޑޫ ސިޓީ، ހުޅުމާލެ އަދި މާލޭ ސިޓީގައެވެ.

މުބާރާތް ބޭއްވުމުގެ ތައްޔާރީތަށް ހުސް ސޮންގުން ގްރޫޕުން ކުރިއަށް ގެންދާއިރު ދާދިފަހުން އެ ގްރޫޕުން އިސްނަގައިގެން ވަނީ އޭދަފުށީގައި ފީފާ 16 މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.