ޓީބީ އިން މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް ބާއްވައިފި

ޓީބީ އިން މިއަދު ބޭއްވި ބޮޑު ރޯދަ ވީއްލުމުމުގެ ތެރެއިން – އިޓީ ފޮޓޯ: ރާއިފް ޔޫސުފް ޑްރޯން
ޓީބީ އިން މިއަދު ބޭއްވި ބޮޑު ރޯދަ ވީއްލުމުމުގެ ތެރެއިން – އިޓީ ފޮޓޯ: ރާއިފް ޔޫސުފް ޑްރޯން

އޭދަފުށީ ކްލަބް ދަ ބިގިނާސް (ޓީބީ) އިން މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް ބާއްވައިފި އެވެ

އެ ޖަމިއްޔާއިން ބުނި ގޮތުގައި ޓީބީ އޮފީސް ކުރިމަތީގައި (ކުރީގެ ބައިބަލާ ފަސްގަނޑުގައި) ބޭއްވި މި ރޯދަ ވީއްލުމުގެ މައިގަނޑު މަގުސަދަކީ ތަފާތު ގޮތަކަށް އެއްތަނަކުން އެންމެން އެކުވެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ

މި ރޯދަވީއްލުމުގައި މެމްބަރުންގެ އިތުރުން އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިވި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ

ކްލަބް ދަބިގިނާސް އަކީ 2012 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަފާތު އެތަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން އެންމެ ފާޙަގަކޮށްލެވެނީ މިދިޔަ ރޯދައަށް އެ ޖަމިއްޔާއިން އިސްނަގައިގެން ޖަމިއްޔާގެ އަމިއްލަ ޚަރަދުގައި އޭދަފުށީ މަސްޖިދުލް ޔޫސުފް [ކުޑަ މިސްކިތް] އޭސީ ކުރުމެވެ. އަދި މި ރޯދަމަހުވަނީ އެ ޖަމިއްޔާއިން އިސްނަގައިގެން އެ މިސްކިތުގެ ކާޕެޓް އާ ކޮށްފަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.