ރެޑްބުލް “ފީފާ16” މުބާރާތުގެ ޗެންޕިއަންކަން ޝާދިން ހޯދައިފި

މުބާރާތުގެ ޗެންޕިއަން އަލީ ޝާދިން އަށް އޭދަފުށި ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނައުރީފް ފައިސާގެ އިނާމް ހަވާލުކޮށްދެނީ | ފޮޓޯ: ހުސްސޮގުން
މުބާރާތުގެ ޗެންޕިއަން އަލީ ޝާދިން އަށް އޭދަފުށި ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނައުރީފް ފައިސާގެ އިނާމް ހަވާލުކޮށްދެނީ | ފޮޓޯ: ހުސްސޮގުން

ރެޑްބުލް އިން ކުރިއަށްގެންދިޔަ “ރެޑްބުލް ގޭމް އޮން” ގެ ފީފާ 16 މުބާރާތުގެ ޗެންޕިއަންކަން އަލީ ޝާދިން ހޯދައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރެޑްބުލް އިން ކުރިއަށް ގެންދިޔަ މި މުބާރާތް އޭދަފުށީގައި ކުރިއަށް ގެންގޮސްފައިވަނީ އޭދަފުށީ “ހުސް ސޮންގުން” ގްރޫޕާއި ގުޅިގެން އޭދަފުށި މަލްޓި ޕާޕަސް ހޯލުގައެވެ.

32 ބައިވެރިން ބައިވެރިވި މި މުބާރާތުގެ ޗެންޕިއަންކަން އަލީ ޝާދިން ހޯދި އިރު ހުސް ސޮގުން ގްރޫޕުން ބޭއްވީ ފީފާ 16 މުބާރާތުގެ ޗެންޕިއަންކަންވެސް ހޯދީ އަލީ ޝާދިންއެވެ.

އޭދަފުށީގައި ކުރިޔަށް ގެންދިޔަ ފީފާ 16 މުބާރާތުގައި ޝާދިން (ކ) ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް
އޭދަފުށީގައި ކުރިޔަށް ގެންދިޔަ ފީފާ 16 މުބާރާތުގައި ޝާދިން (ކ) ކުޅެނީ | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

އޭދަފުށީގައި އޮތް ކޮލިފައިން ބުރުގެ ޗެންޕިއަންކަން އަލީ ޝާދިން ހޯދުމާއެކު އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 2000ރ ލިބިފަ އެވެ. އަދި މާލޭގައި އޮންނަ ފައިނަލް ބުރަށް ޝާދިން ވަނީ ކޮލިފައިވެފައެެވެ.

އަތޮޅުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މުބާރާތް ކުރިއަށްދާނީ ޖުލައި 2 ވަނަ ދުވަހު މާލޭގައެވެ. މުޅި ރާއްޖޭގެ ޗެމްޕިއަން ކުޅުންތެރިޔާއަށް 55 އިންޗީގެ ޓީވީއަކާއި އެކު އިތުރު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިލިމާލެ، ގއ. ވިލިނގިލި، ހދ. ކުޅުދުއްފުށި، ހއ. ހޯރަފުށި، ޏ. ފުވައްމުލައް، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ކާށިދޫ، ގދ. ތިނަދޫ، ކ. މާފުށި، އައްޑޫ ސިޓީ، ހުޅުމާލެ އަދި މާލޭ ސިޓީގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.