ބޮލަކަށް 90 ގްރާމުގެ މަގުން ކަދުރު ބަހަން ފަށައިފި

l_144107885732mTCZ

ރަމަޟާން މަހާއި ދިމާކޮށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލް އަޒީޒް ރާއްޖެއަށް ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން އޭދަފުށީ ރައްޔިތުންނަށް ބެހުމަށް ލިބުނު ކަދުރުތައް އިއްޔެ އިން ފެށީގެން ބަހަން ފަށާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ރަށުކައުންސިލުން ބުނިގޮތުގައިި އޭދަފުށީ ރައްޔިތުންނަށް ބެހުމަށް މިއަހަރު ލިބިފައިވަނީ ދެ ކިލޯގެ 149 ޕެކެޓް ކަދުރެވެ. މިއީ މިދިޔަ އަހަރަށްވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރު މިރަށަށް ބެހުމަށް 2 ކިލޯގެ 222 ޕަކެޓް ކަދުރު ލިބިފައިވެ އެވެ.

އޭދަފުށީ ކައުންސިލުގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއަހަރު ކޮންމެ ބޮލަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 90 ގްރާމު ކަދުރު ކަމަށާއި ކަދުރު ބެހުން ކުރިއަށް ދާނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން މެންދުރު 1.30 އަށް ކައުންސިލު އިދާރާއިންނެވެ.

އޭދަފުށީގައި އިއްޔެ އިން ފެށިގެން ކަދުރު ބަހަން ފަށާއިރު ކަދުރުތައް ރޯދަމަހުގެ ކުރީކޮޅު މިރަށަށް ވަނީ ލިބިފަ އެވެ. މީގެ ކުރީގެ އަހަރުތަކުގައި ރޯދަމަސް ކުރީކޮޅު ކަދުރު ބެހިނަމަވެސް މިއަހަރު މިރަށުގެ ރައްޔިތުންނަށް ކަދުރު މި ލިބެނީ ރޯދަމަހުގެ ބޮޑުބައެއް ފާއިތުވެދިޔަ ފަހުންނެވެ.

ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ކަދުރު ބަހާފައިވަނީ ފަސްޓް ލޭޑީ ފާތުންގެ ސޮދަގާތް ފައުންޑޭޝަނުންނެވެ. އެ ފައުންޑޭޝަނަށް 10 ޓަނު ކަދުރު ނަގައި އެ ޖަމިއްޔާގެ ނަމުގައި ބަހާ މައްސަލާގައި ސޯޝަލް މީޑިއާގަ އާއި ބައެއް ނޫސްތަކުގައި ވަނީ އެކަމަނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.