އޭދަފުށި ޕޮލިސް ސްޓޭޝަނުން ފިތުރު ޢީދު ދުވަހު 3 އޮން 3 މުބާރާތެއް ބާއްވަނީ

އޭދަފުށި ޕޮލިހުން ބޭއްވި އޮފީސް ފުޓްސަލް މުބާރާތުގެ ތެރެެއިން | އީޓީ ފައިލް ފޮޓޯ
އޭދަފުށި ޕޮލިހުން ބޭއްވި އޮފީސް ފުޓްސަލް މުބާރާތުގެ ތެރެެއިން | އީޓީ ފައިލް ފޮޓޯ

ބ.އޭދަފުށި ޕޮލިހުން އިސްނަގައިގެން އަންނަ ފިތުރު ޢީދު ދުވަހު 3 އޮން 3 މުބާރާތެއް ބާއްވަން ނިންމައިފިއެވެ

އޭދަފުށި ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައ “ޕޮލިސް ކަޕް” ގެ ނަމުގައި ފިތުރު ޢީދު ދުވަހު ވަން ޑޭ ކަޕެއްގެ ގޮތުގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުުމުގެ ފުރުސަތު މިހާރު ހުޅުވާލައިފާވާ ކަމަށެވެ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ހުރިހާ ޓީމަކަށްވެސް .މުބާރާތުގައި ކުޅެވޭނެކަމަށެވެ. މުބާރާތުގައި ބަައިވެރިވެވޭނީ 18 އަހަރުން މަތީގެ ކުޅުންތެރިންނަށް ކަަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އަދި ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިއަކު ހިމެނިދާނެއެވެ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ޓީމަކުންވެސް 200 ރުފިޔާ ހުށަހަޅަންޖެހެއެވެ

އޭދަފުށި ޕޮލިސް ސްޓޭޝަނުން ބުނީ މިރެއިން ފެށިގެން ޕޮލިސް ސްޓޭޝަން ކައުންޓަރ އިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހުގެ 3 ވަނަ ދުވަހުގެރޭ 10:00 ހަމަޔަށްވަނީ ހުޅުވާލާފައެވެ

ފުލުހުން ބުނީ މި މުބާރާތް ބޭއްވުމުގެ މަޤްސަދް އަކީ އޭދަފުށީ ފުލުހުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ އިތުރުން ޢީދު ދުވަހު އެންމެން އެއްތަނަކުން ދިމާވުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއްކަމަށެވެ

މި މުބާރާތާބެހޭ އިތުރު މަޢުލާމާތު ހޯއްދެވުމަށް 9892075 އަށް ގުޅުއްވުންއެދެމެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.