ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މިމަހު 18 ގައި ބާއްވަން ނިންމައިފި އެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މި މުބާރާތް އިންތިޒާމުކުރަނީ އޭދަފުށީ ޒުވާނުންގެ ކުލަބުންނެވެ․ ވޭތުވެދިޔަ އަހަރުތަކުގައި މި މުބާރާތް ބޭއްވި ކްލަބް ކޮމްބިނޭޝަން (ސީސީ) އިންނެވެ․
މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ․
އޭދަފުށީ ޒުވާނުންގެ ކަލްބުން ބުނީ، މި މުބާރާތަކީވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ․ މުބާރާތުގައި ވާދަކުރާ ރިސޯޓްތަކެއް އެ ކްލަބުން އަދި ހާމައެއް ނުކުރެއެވެ․
އަމިއްލަފުށި ރިސޯޓް އަތުން 0-1 އިން އިން މޮޅުވެ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓް އެވެ.