އަނަންތަރާ ރިސޯޓުގެ މިސްކިތް ބޮޑުކުރުމަށްފަހު އަލުން ހުޅުވައިފި

އަނަންތަރާ މިސްކިތް ޖާގަ ބޮޑުކުރުމަށްފަހު އަލުން ހުޅުވައިދެނީ | ފޮޓޯ: އަނަންތަރާ
އަނަންތަރާ މިސްކިތް ޖާގަ ބޮޑުކުރުމަށްފަހު އަލުން ހުޅުވައިދެނީ | ފޮޓޯ: އަނަންތަރާ

އަނަންތަރާ ކިހާވައް ވިލާސް ރިސޯޓްގެ މިސްކިތުގެ ޖާގަ ބޮޑުކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

މިދިޔަ ހުކުރުދުވަހު އަސުރު ނަމާދަށް މިސްކިތް ހުޅުވައިދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްލާމު މުދައްރިސް އައްޝައިޚް އަބްދުލްމަޖީދު މުހައްމަދު އެވެ.

އެ ރިސޯޓްގެ ހިއުމަން ރިސޯސް ކޯޑިނޭޓަރު އިސްމާއީލް ޝަހީމް ވިދާޅުވީ، މިސްކިތުގެ ޖާގަ ބޮޑުކުރަން ޖެހުނީ އެ ރިސޯޓްގެ މުވައްޒަފުން އެއްފަހަރާ ނަމާދު ކުރާނަމަ މިސްކިތުގެ އެތެރެއިން ޖާގައިގެ ދަތިކަން ކުރިމަތިވާތީ ކަމަށެވެ.

13567458_1041610439263917_8071691170271184254_n

“މަސްޖިދުލް ތަޤްވާ”އަށް އަލަށް އިތުރުކުރި ބަޔާއެކު އެ މިސްކިތުގެ ޖާގަ ދެގުނައަށް ބޮޑުވެފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިހާރު އެ ރިސޯޓްގެ މުވައްޒަފުންނަށް އެއްވެސް ދަތިކަމެއްނެތި އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށްވެސް އިސްމާއިލް ވިދާޅުވި އެވެ.

މިސްކިތް ހުޅުވުމަށްފަހު، ނަމާދު ކުރުމުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް އެ މިސްކިތުގައި ވަނީ ދީނީ ދަރުސެއް ދެއްވާފަ އެވެ.

13528746_1041610369263924_3852494458899592781_n

އިސްމާއިލް ޝަހީމު ވިދާޅުވީ އަނަންތަރާ ކިހާވައް ވިލާސް ރިސޯޓްގެ މުވައްޒަފުންނަކީ ނަމާދަށް ފަރުވާތެރި އަދި ދީނީ ކަންކަމަށް ހާއްސަ ސަމާލުކަންދޭ މުވައްޒަފުންތަކެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.