ވެލާ ސިޓީން އިސްނަގައިގެން 16 އަހަރުން ދަށަށް މި ރަމަޟާން މަހު ބޭއްވި 3 އޮން 3 ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެފް.ސީ ކޮބާ ކައޭ ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި އެފް.ސީ ކޮބާ ކައޭ ޗެންޕިއަންކަން ހޯދީ 1-3 ގެ ނަތީޖާއަކުން އެެފް.ސީ ކަންމަތިއަންސް ބަލިކޮށްގެންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ހުސެން ޝަރީފް، އީމާން އިބްރާހިމް، އަހުމަދު އާލިމް، މުހައްމަދު ޝިޔާހް އަދި މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އަހުމަދު ފިރާޝްއެވެ. މި މުބާރާތުގެ ޓޮޕް ސޮކޯރާ އަށް ހޮވިފައިވަނީ ކިންގް ސްޕޯޓްސްގެ ޖާޒީ ނަންބަރ 17 އީމާން އިބްރާޙިމްއެވެ. އެނާ ވަނީ މި މުބާރާތުގައި 11 ލަނޑުޖަހާފައެެވެ. މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ އިރުމަތީ ލަވާރސް ޖޭއާރްއެވެ.