ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވެލާ ސިޓީ ހޯދައިފި

13595784_652148248284149_224434103_n

ފިތުރު އީދާ ގުޅުވައިގެން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން އިއްޔެ ބޭއްވި ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވެލާ ސިޓީ ހޯދައިފި އެވެ.

ވެލާ ސިޓީ މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އެފް ސީ އަގްލިއޯ އޮލިޔޯ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމުން 1-1 އިން އެއްވަރުވުމާގުޅިގެން މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓް އައުޓްގައި ވެލާ ސިޓީ ޗެމްޕިއަންކަން ހޯދީ 4-5 ން މޮޅުވެގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅު 3 ކުޅުންތެރިންނަށް ހޮވިފައިވަނީ ވެލާ ސިޓީގެ މޫސާ ސަޢީދް އާއި ޝާހީ މޫސާ އަދި އެފް ސީ އަގްލިއޯ އޮލިޔޯގެ މުހައްމަދު ޝާން އެވެ.

މި މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ މޫސާ ސައީދުއެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 6 ލަނޑު ޖަހާފައެވެ.

ފުލުހުން ބުނީ މި މުބާރާތް ބޭއްވުމުގެ މަޤްސަދް އަކީ އޭދަފުށީ ފުލުހުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރު ކުރުން ކަމަށެވެ އަދި އީދު ދުވަހު އެންމެން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަކީވެސް މުބާރާތް ބޭއްވި މަގުސަދެއް ކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.