ބ. ކެންދޫގައި މިނީ ހޭންޑްބޯލް ފެސްޓިވަލެއް ބާއްވައިފި އެވެ.
އެރަށު ސްކޫލު ޓީޗަރުންނަށް ހިންގި ހޭންޑްބޯލް ކޯޗިން ކޯސް ނިންމާލުމުގެ ގޮތުން ބޭއްވި މި ފެސްޓިވަލުގައި ކެންދޫ ސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ، އަދި ގްރޭޑް 1،2،3 ގެ 100 ދަރިވަރުން ބައިވެރިވި އެވެ.
އެ އެސޯސިއޭޝަނުން ބުނިގޮތުގައި ކެންދޫ ޓީޗަރުންނަށް ހިންގި ކޯޗިން ކޯހުގައި 26 ބައިވެރިން ބައިވެރިވެ، 23 ބައިވެރިން ވަނީ ސެޓުފިކެޓް ހާސިލުކޮށްފަ އެވެ.
ހޭންޑް ބޯލް އެސޯސިއޭޝަނުން ބުނީ އެ ފެސްޓީވަލަށް ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ސްކޫލު ޓީޗަރުންގެ ފަރާތުން ޚާއްޞަކޮށް ޕްރިންސިޕަލްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
ތީ ވަކި މީހެއްގެ ޑިގް އަރުވަން ކުރިކަމެއް ޔުސްރާގެ އަޑި ނޭނގޭ މީހުން ވަރަށް ހޭނެ!