މިނިވަން ދުވަހަށް ދިދަ ނަގައި ބައިވެރިވާ މީހުންގެ އަދަދު ބަލަން ކައުންސިލުތަކަށް އަންގައިފި

މިދިޔަ އަހަރު ޖުލައި 26 ވިލޭރޭ ބ..އޭދަފުށިގައި ގައުމީ ދިދަ ނަގަނީ | އިޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު ޖުލައި 26 ވިލޭރޭ ބ..އޭދަފުށިގައި ގައުމީ ދިދަ ނަގަނީ | އިޓީ ފައިލް ފޮޓޯ

މިނިވަންދުވަސް ފާހަގަ ކުރަން ކޮންމެ ރަށެއްގައި ވެސް ޖުލައި 26 ވިލޭރޭ ގައުމީ ދިދަ ނެގުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައި އަދި އެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންގެ އަދަދު އަންގަން ހޯމް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ.

މި ރަސްމިއްޔާތުގައި ކޮންމެ ރަށެއްގައި ވެސް ދިދަ ނަންގަވައި ދެއްވާނީ އެ ރަށެއްގައި ހުންނަވާ އެންމެ އިސްވެރިއާ އެވެ.

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް މިނިވަންދުވަހާ ދިމާކޮށް ހުރިހާ ރަށެއްގައިވެސް ޖުކައި 25 ވަނަ ދުވަހުގެރޭ ދަންވަރު 12:00 ގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާއެވެ. ނަމަވެސް މިރަށުގައި މިގޮތަށް ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ ސަރުކާރު އޮފީސްތަކުގެ ވަރަށް މަދު ބައެއްކަން ފާހަގަ ކުރެވެ އެވެ. އަދި އާއްމު ރައްޔިތުން އެއްވެސްވަރަށް ބައިވެރިނުވާކަންވެސް ފާހަގަ ކުރެވެ އެވެ.

ދުވަހާ ގުޅޭގޮތުން އިތުރު ހަރަކާތްތަކެއް ބާއްވާނަމަ އެކަމެއްގެ މައުލޫމާތު ހޯމް މިނިސްޓްރީ އަށް ދިނުމަށާއި ވީހާ ގިނަ ރައްޔިތުން އެ ރަސްމިއްޔާތުތަކުގައި ބައިވެރި ކުރުވުމަށާއި ބައިވެރިން ގައުމީ ސަލާމް ކިއުމަށް ވެސް ހޯމް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިވަން 50 ފާހަނގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރު | އީޓީ ފައިލް ފޮޓޯ
މިނިވަން 50 ފާހަނގަ ކުރުމަށް މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހަވީރު | އީޓީ ފައިލް ފޮޓޯ

ޖުލައި 26 ދިމާވަނީ އަންގާރަދުވަހާ އެވެ. އަދި މިނިވަންދުވަހާ ގުޅިގެން 27 ބަންދުވާ އިރު ކުރިން އޮތީ ބުރާސްފަތި ދުވަހު ސަރުކާރުގެ ރަސްމީ ދުވަހެއްގެ ގޮތުގަ އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ވަނީ 28 ވެސް ބަންދުކުރައްވަން ނިންމަވާފަ އެވެ.
މި ގޮތަށް ހަމަޖެއްސުމުން މިނިވަންދުވަހުގެ ބަންދަށް ޖުމްލަ 5 ދުވަސް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.