މޯލްޑިވިއަން އައިޑަލްގެ ތަރިންނާއެކު ފަސްމުގޫން ބ. އަތޮޅުގައި ބޮޑު ޝޯ އެއް ބާއްވަނީ

idol

ބ. އަތޮޅުގެ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރީގެ އެންމެބޮޑު ގްރޫޕް ” ފަސްމުގޫ” ގްރޫޕުން “މޯލްޑިވިއަން އައިޑަލް” ގެ އެންމެ އަލިގަދަ ފަންނާނުންނާއެކު ބ. އަތޮޅު ރައްޔިތުންނަށް ކުލަގަދަ ޝޯއެއް ބޭއްވުމަށް ނިންމައިފިއެވެ.

ފަސްމުގޫ ގްރޫޕުން ބުނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެރޭ، އޭދަފުށީގައި ބާއްވާ މިޝޯއަކީ ފަސްމުގޫ ގްރޫޕްގެ ވިޔަފާރި ޕްރޮމޯޓް ކުރުމަށް މުޅިއަތޮޅުގެ ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމުގައެވެ. އަދި މިޝޯގައި ފަސްމުގޫ ފިހާރައިން މިއަހަރު ރޯދަމަހު ކުރިޔަށްގެންދިޔަ “އެއްލައްކަ ރުފިޔާގެ އަގުހުރި ފްރޮމޯޝަން”ގެ ގުރުއަތުލުމާއެކު، ހާއްސަ ކަންތައްތަކެއް ފެނިގެންދާނޭކަމަށެވެ.

ފަސްމުގޫ ގުރޫޕްގެ ސޭލްސް އެންޑް މާކެޓިންގް ޑައިރެކްޓަރ އިސްމާއީލް ޝަހީމް އީޓީއަށް ވިދާޅުވީ މިޝޯއިން މުޅި އަތޮޅަށް ގުޑުމެއް ގެނުވާނެކަމަށާ، އަތޮޅުގެ ރައްޔިތުން މިފަހަރު ހެއްވާލާނެކަމަށެވެ.

“މުޅިއަތޮޅަށް ގުޑުމެއް އަންނާނެވަރުގެ ބޮޑު ޝޯއެއް މީ… ބޭނުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ހެއްވާލުން. މިދިޔަ އަހަރުތެރޭގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރި އިތުބާރު އާލާކުރުން.. މިޝޯގެ ތެރޭގައި ރޯދަސޭލްގެ ނަސީބުވެރިން ހޮވައި އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމްތައް ހަވާލުކުރެވޭނެ” އިސްމާއީލް ވިދާޅުވިއެވެ.

އޭނާވިދާޅުވީ ފަސްމުގޫގެ އަމާޒަކީ ބ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށްވުރެ އަގުހެޔޮކޮށް އާންމު މުދާ ފޯރުކޮށްދިނުން ކަމަށެވެ.

ފަސްމުގޫން ބަޔަކު ވިޔަވާރި ކުރަނީ-- އީޓީ ފައިލް ފޮޓޯ
ފަސްމުގޫން ބަޔަކު ވިޔަވާރި ކުރަނީ– އީޓީ ފައިލް ފޮޓޯ

“އަޅުގަނޑުމެންގެ އަމާޒު މިއޮންނަނީ ހަމަ އެންމެ އަގުހެޔޮކޮށް އެއްތަނަކުން ހުރިހާ މުދާ. ވަރަށް ކެރިގެން އަޅުގަނޑު މިދަންނަވަނީ މާލޭގެ ސުޕަމާޓްތަކަށްވުރެ އަޅުގަނޑުމެން ވިއްކާ ގިނަ މުދަލުގެ އަގު ހެޔޮވާނެ. އަދި އެކަން އެގޮތަށް ދަމަހައްޓާނެ”

އޭދަފުށިގެ ރައްޔިތުންނަށް އަމާޒުކޮށް ނަވާރަސަތޭކަ ނުވަދިހަގެ ކުރީކޮޅު އުފެދުނު ފަސްމުގޫ ގުރޫޕަކީ މިދިޔަ ވިއްސަކަށް އަހަރުވެސް ބ. އަތޮޅުގެ އެންމެކުރީގައި ހިމެނޭ ރީޓޭލް ވިޔަފާރިއެވެ. މިގްރޫޕްގެ ވިޔަފާރި މުޅިއަތޮޅަށް ފުޅާކޮށް ހޯލް ސޭލް ވިޔަފާރި ފެށީ، ދެހާހުގެ ކުރީކޮޅުގައެވެ. އަދި ފަސްމުގޫ ފިހާރަ ސުޕަމާކެޓަކަށް ބަދަލުކޮށް ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ލިބޭގޮތަށް މިދިޔަ އަހަރު ފަސްމުގޫ ގްރޫޕުން ވަނީ ބޮޑު ޝޯރޫމެއް ހުޅުވާފައެވެ.

އިސްމާއީލް ޝަހީމް ވިދާޅުވީ އޭދަފުށީގައި އިތުރު ވިޔަފާރި ސެންޓަރުތައް ހުޅުވުމަށް ބިންހޯދަމުންދާކަމަށާ، ލަސްތަކެއްނުވެ ހައިރާންވާވަރުގެ ވިޔަފާރިއެއް ފެށިގެންދާނޭކަމަށެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.