މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

ބ.އޭދަފުށި ބަނދަރު މަތި. އިއްޔެއިން ފެށިގެން އޭދަފުއްޓަށްވެސް ދަނީ ގަދަ ވަޔާއެކު އެކު ވިއްސާރަ ކުރަމުން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
ބ.އޭދަފުށި ބަނދަރު މަތި. އިއްޔެއިން ފެށިގެން އޭދަފުއްޓަށްވެސް ދަނީ ގަދަ ވަޔާއެކު އެކު ވިއްސާރަ ކުރަމުން | އިޓީ ފޮޓޯ:ރާއިފް ޔޫސުފް

ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ހެދުނު ނެރެފައިވާ ވައިޓް އެލާޓް ގައި ބުނެފައި ވަނީ މިއަދު ހެނދުނު 8:45 އަކާއި މެންދުރު 14:00 އާދެމެދުގެ ވަގުތުތަކުގައި މެދު ރާއްޖޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރާކަމަށެެވެ.

މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ހުދާއި ރީނދު ލާއި ރެޑް އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.