ކްލަބް ދަ ބިގިނާރސް އިން އިންތިޒާމްކޮށްގެން ވޭތިވިދިޔަ 6 އަހަރު ބޭއްވި 3 އޮން 3 ފުޓްބޯޅަ މުބާރާތް މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން “މިނިވަން އުފާ ޓީބީ 3 އޮން 3” މިނަމުގައި ބާއްވަން ނިންމައިފިއެެވެ.
ކްލަބް ދަ ބިގިނާރސް އިން ބުނިގޮތުގައި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ކްލަބުން ވަރަށް އަަވަހަށް އާންމު ކޮށް އިއުލާން ކުރާނެކަމަށެވެ. އެ ކްލަބް އިން އީޓީ އަށް މަޢުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908715 ނުވަތަ 7774245 އަށް ގުޅުމުން ލިބޭނެކަމަށެވެ.
މި މުބާރާތް މިދިޔަ އަހަރު ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި އޭދަފުށީ ޕޮލިސް (ޓީމު އީޕީ) 0-2 އަކުން ބަލިކޮށް ފެއިމްސް ޔުނައިޓެޑްއެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ފެއިމްސް ޔުނައިޓެޓްއެެވެ. އެޓީމުން ވަނީ މި މުބާރާތް 4 ފަަހަރު ކާމިޔާބު ކޮށްފައެވެ.