މައި ކޮލެޖުން އޭދަފުށީގައި ޓީޗިން ޑިގްރީ ކޯހެއް ފަށައިފި

މައި ކޮލެޖުން ރޭ އޭދަފުށީގައި ފެށީ ޓީޗިން (ރައިމަރީ) ޑިގްރީ ކޯހުގެ ތެރެއިން-- ފޮޓޯ / މައި ކޮލެޖް
މައި ކޮލެޖުން ރޭ އޭދަފުށީގައި ފެށީ ޓީޗިން (ރައިމަރީ) ޑިގްރީ ކޯހުގެ ތެރެއިން– ފޮޓޯ / މައި ކޮލެޖް

ބ. އަތޮޅު ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުންނަށް އަމާޒު ކޮށްގެން މައި ކޮލެޖުން އޭދަފުށީގައި ބެޗެލާ އޮފް ޓީޗިން (ޕްރައިމަރީ) ޑިގްރީ ކޯހެއް ފަށައިފި އެވެ.

މައި ކޮލެޖު އޭދަފުށީ އައުޓްރިޗް ސެންޓަރުގައި ރޭ ފެށި މި ކޯހަކީ މިއަތޮޅު ސްކޫލުތަކުގައި ޓީޗިން ޑިޕްލޮމާ ނިންމާފައިތިބި ޓީޗަރުންނަށް ފަރުމާ ކޮށްގެން ކުރިއަށްގެންދާ ކޯހެއްކަމަށް އެ ކޮލެޖުން ބުންޏެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަށް ބްލޮކް މޯޑަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގެ ކްލާސްތަކުގެ ކިޔެވުން ތާވަލްކޮށްފައިވަނީ ހަފްތާ ބަންދު ދުވަސްތަކަށެވެ.

13689609_1096315540427405_815889985_n

މިގޮތަށް ނިންމާފައިވަނީ، ކޯސްތަކުގައި ކިޔަވަމުން ގެންދަނީ މި އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކުގައި މިހާރުވެސް ކިޔަވައި ދެއްވަމުންގެންދަވާ ޓީޗަރުން ކަމަށްވެފައި އެކަމުގެ ސަބަބުން ދަރިވަރުންނަށް ނުހަނުގިނަ ފައިދާ ކުރާނެތީ ކަމަށް މައި ކޮލެޖުން ބުނެ އެވެ.

މައި ކޮލެޖުން ބުނި ގޮތުގައި އަންނަ އޯގަސްޓްމަހު އޭދަފުށީގައި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އޭޑިޔުކޭޝަން ކޯހެއްވެސް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ހިއުމަން ރިސޯސް ޑިޕްލޮމާ ކޯހަކާއެކު މައި ކޮލެޖުގެ އައުޓް ރިޗް ސެންޓަރެއް އޭދަފުށީގައި ހުޅުވީ މިއަހަރުގެ ޖެނުއަރީމަހު އެވެ. އެ ކޮލެޖުން ގައި މިހާރު 48 ދަރިވަރުން ކިޔަވަމުން އަންނައިރު، މިކޯސްތަކުގައި ކިޔަވައި ދެއްވަނީ މުޅިން ވެސް ޑިގްރީ ނުވަތަ އެއަށް ވުރެ މަތީ ފެންވަރު ހުރި، ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ މިއަތޮޅުގެ ލެކްޗަރަސް އިން ކަން ފާހަގަ ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.