މަރާމާތަށްފަހު ނިޔާމަ ބޯޓުގެ ދަތުރުތައް އަލުން ފަށައިފި

ނިޔާމަ ބޯޓް މިއަދު ހެނދުނު އޭދަފުށިން ފުރައިގެން ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ނިޔާމަ ބޯޓް މިއަދު ހެނދުނު އޭދަފުށިން ފުރައިގެން ދަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިދިޔަ އަހަރު ފަހުކޮޅުރޯވެ ބޮޑުބައެއް އަނދައި ހުލިވި، އޭދަފުށީ “ނިޔާމަ” ބޯޓު މަރާމާތަށްފަހު އަލުން ދަތުރުތައް ފަށައިފި އެވެ.

ނިޔާމަ ބޯޓުގެ ދަތުރުތައް މިއަދު ހެނދުނު ފަށާފައި މިވަނީ 7 މަސްދުވަހުގެ މެދު ކެނޑުމަކަށްފަހު އެވެ. މަރާމާތަށްފަހު އަލުން ދަތުރުތައްފެށި އިރު ބޯޓަށް ކުރިއަށްވުރެ ބޮޑުކޮށް ކޮންމެވެސް ވަރެއް ބަދަލުތަކެއްވަނީ ގެނެސްފަ އެވެ.

ނިޔާމަ ބޯޓުން ބުނިގޮތުގައި މިފަހަރުވެސް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރެވެ. އެއީ މާލެއިން އޭދަފުއްޓާ އަދި ހިތާދޫއާ ދެމެދު އެވެ.

މިދިޔަ އަހަރު ޑިސެންބަރ މަހު ތުޅާދޫ ފަޅުތެރޭގައި ނިޔާމަ ބޯޓް އަނދާހުލިވަނީ
މިދިޔަ އަހަރު ޑިސެންބަރ މަހު ތުޅާދޫ ފަޅުތެރޭގައި ނިޔާމަ ބޯޓް އަނދާހުލިވަނީ

“ނިޔާމަ” ބޯޓުގައި ރޯވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25ވަނަ ދުވަހުގެރޭ ދަންވަރު 2:30 ވާން އުޅެނިކޮށް ތުޅާދޫ ބަނދަރުގައި އޮއްވަ އެވެ. ބޯޓުގެ ވެރިޔާ ނައީމް ތުހުމަތު ކުރަނީ ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ނައީމް ވަނީ ކުރިން ބުނެފަ އެވެ.

ނިޔާމަ ބޯޓުގައި ރޯވެ، ދަތުރުތައް މެދުކެނޑުނު ތަނާހެން ތުޅާދޫ އަގޯޓާ އެކްސްޕްރެސް އިން ވަނީ މާލެއާ އޭދަފުއްޓާ ދެމެދު ނާލު ދަތުރުތައް ފަށައިފަ އެވެ. އަދި މިދިޔަ މަހު އޭދަފުށީ އުފާ ބޯޓުންވެސް މި ދޭތެރޭގެ ނާލު ދަތުރުތައް ވަނީ ފަށައިފައެވެ. ނަމަވެސް އުފާ ބޯޓު މިހާރު ދަތުރު ކުރަނީ ހއ އަތޮޅުގެ ދިއްދޫ، ކެލާ، ފިއްލަދޫ އަދި އުތީމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.