ރިސޯޓް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ކިހާދް މޯލްޑިވްސް އާއި ޓީ.އެސް.އެމް.އައި.ސީ

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާ އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލަައިގެން ބޭއްވުމަށް ހަމަޖައްސާފައިވާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ކިހާދް މޯލްޑިވްސް އާއި އަމިއްލަފުށި ރިސޯޓް ވާދަކުރަންޖެހިއްޖެއެވެ.

މި މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތުވަނީ އޭދަފުށީ މަލްޓިޕާޕަސް ކޮންފަރެސް ރޫމްގައި ރޭވަނީ ކުރިޔަށް ގެންގޮސްފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ 4 ރިސޯޓްއެވެ. އެއީ ކިހާދް މޯލްޑިވްސް، އަމިއްލަފުށި، ސޮނެވާފުށި އަދި ދުސިތް ތާނީ ރިސޯޓްއެވެ.

މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 22 އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބ.އޭދަފުށީގައެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވާނީ މިމަހު 31 އަދި އަންނަ މަހު 1 ވަނަ ދުވަހު އެވެ. ފައިނަލް މެޗް އޮންނާނީ 3 އޮގަސްޓް ވާ ބުދަ ދުވަހުއެވެ.

މި މުބާރާތަކީ ވިޒިޓް މޯލްޑިވްސް އިޔަރ 2016 ފާހަގަކުރުމުގެ ގޮތުންނާއި މިއަތޮޅުގެ ރިސޯޓްތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ ޝެޑިޔުލް
13694123_657628641069443_819540404_o

ނޯޓް:މި މުބާރާތުގެ ޝެޑިޔުލްއަށް ބަދަލުއައުމަކީ އެކަށީގެންވާކަމެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.