ސެންޓޭގެ ލަނޑާއެކު ޓީސީ ދެވަނައަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި ޓިސީ ބައްދަލު ކުރިމެޗުގެ ތެރެއިން: ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް 14 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް އަރައިފި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި ޓިސީ ބައްދަލު ކުރިމެޗުގެ ތެރެއިން: ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް 14 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް އަރައިފި— ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 1-0 ލަނޑުގެ ނަތީޖާ އަކުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް ޓީސީ ކާމިޔާބު ކުރީ މެޗުގެ ދެވަނަ މިނިޓްގައި ސެންޓޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ އޭނާ މި ސީޒަންގައި ޖެހި 13 ވަނަ ލަނޑެވެ.

ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި ޓީސީން ކާމިޔާބް ކުރި ގޯލާއެކު އެޓީމުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ވިކްޓަރީގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެއްމެޗު އިތުރަށް ކުޅެ ޖުމްލަ 14 ޕޮއިންޓާއި ޓީސީ އޮތީ ލީގުގެ ދެވަނައިގައެވެ. ޓީސީއަށް ވުރެން އެއްމެޗު މަދުން ކުޅެ ހަމަ އެދަދަށް ޕޮއިންޓް ލިބިގެން ތިން ވަނައިގައި އޮތީ އީގަލްސް އެވެ. މިއަދުގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ބައްދަލު ކުރާނީ ތާވަލްގެ އެއްވަނާގައި މާޒީޔާ އާއި ބީޖީ ސްޕޯޓްސް ކްލަބެވެ. މި މެޗްގައި ދާދިފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ގުޅުނު ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މިރޭގެ މެޗުގައި ފެނިގެންދާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ. މި މެޗް ފަށާނީ މިރޭ 9:00 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.