ވަގު ޑޮލަރު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

ވަގު ޑޮލަރު ވިޔަފާރުކުރާ ކަމުގެ ތުހުމަތުގަިއ ހައްޔަރުކުރި ބައްޓޭ މުއްދަތ ޖެހުމަށްޓަކަިއ ކޯޓަށް ގެންދަނީ -- އީޓީ ފޮޓޯ / ރއިފް
ވަގު ޑޮލަރު ވިޔަފާރުކުރާ ކަމުގެ ތުހުމަތުގަިއ ހައްޔަރުކުރި ބައްޓޭ މުއްދަތ ޖެހުމަށްޓަކަިއ ކޯޓަށް ގެންދަނީ — އީޓީ ފޮޓޯ / ރއިފް

ވަގު ޑޮލަރުގެ ވިޔަފާރުކުރާ ކަމުގެ ތުހުމަތުގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 42 އަހަރުގެ ފިރިހެނަކު މިރަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާގެ ބަންދުގެ މުއްދަތަށް ދިހަ ދުވަހުގެ މުއްދަތެއް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް އަދި އޭނާގެ އަތުން ވަގު ޑޮލަރު ފެނިފައިވާ ކަމެއް ފުލުހުން އަދި ޔަގީނެއް ނުކޮށްދެ އެވެ.

އީޓީ އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ މިރަށުން ހައްޔަރުކުރީ އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

ބައްޓޭ ވަގު ޑޮލަރު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިރު، މިދިޔަ ރޯދަމަހު ވަގު ޑޮލަރުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިރަށުން ބިދޭސީންތަކެއްވެސް ހައްޔަރުކޮށްފައިވާކަން އީޓީ އަށް އެނގިފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ވަގު ޑޮލަރު މިރަށުން ފެނިފައިވާކަންވެސް އެނގިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.