ފަހަތުން އަރާ ކިހާދުއްފަރު ބަލިކޮށް ޓީ.އެސް.އެމް.އައި.ސީގެ ފެށުން ރަގަޅުކޮށްފި

ކިހާދުއްފަރާއި ޓީ.އެސް.އެމް.އައި.ސީ (އަމިއްލަފުށި) ބައްދަލުކުރި މެޗުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ކިހާދުއްފަރާއި ޓީ.އެސް.އެމް.އައި.ސީ (އަމިއްލަފުށި) ބައްދަލުކުރި މެޗުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލަައިގެން ކުރިޔަށް ގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފެށުން ޓީ.އެސް.އެމް.އައި.ސީ (އަމިއްލަފުށި) ރަގަޅުކޮށްފިއެވެ.

މިއަދު ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ޓީ.އެސް.އެމް.އައި.ސީ ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާކުރި ކުރިހޯދީ ކިހާދުއްފަރު ރިސޯޓްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 8 ވަނަ މިނިޓްގައި އަބްދުﷲ އަބްދުލް ވައްޙާބްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ކުޑަތަން ވެފައި ވަނިކޮށް ޓީ.އެސް.އެމް.އައި.ސީގެ ހުސައިން ޝިފާހް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަަމަކޮށްފައެވެ.

މި މެޗްގެ އަނެއް 2 ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ. މެޗުގެ 57 ވަނަ މިނިޓްގައި ޓީ.އެސް.އެމް.އައި.ސީގެ ހަސަން ސުޖާން ވަނީ އެޓީމްގެ 2 ވަނަ ލަނޑުޖަހާ ނަތީޖާ ބަދަލްކޮށްލާފައެވެ. އެޓީމުގެ 3 ވަނަ ލަނޑު މެޗުގެ 69 ވަަނަ މިނިޓްގައި ކާމިޔާބް ކޮށްދިނީ މޫސާ ފަޔާޒްއެވެ.

މި މުބާރާތުގެ 2 ވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ސޮނެވާފުށި ރިސޯޓްއާއި ދުސިތް ތާނީ ރިސޯޓްއެވެ. މި މެޗް ފަށާނީ މާދަމާ ހަވީރު 4:15 ގައެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.