ގަވާއިދާ ހިލާފަށް ވަޒީފާ އަދާ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގެންފި

ބ. އަތޮޅުން އަތުލައިގަތް ބައެއް ބިދޭސީން ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ބ. އަތޮޅުން އަތުލައިގަތް ބައެއް ބިދޭސީން ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ- އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އަތޮޅުގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާ ކުރަމުން ދިޔަ 82 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބުނީ މި މީހުން އަތުލައިގަނެފައި ވަނީ މިމަހުގެ 17-22 އަށް މި އަތޮޅު ތުޅާދޫ، އޭދަފުށި، ދަރަވަންދޫ އަދި ގޮއިދޫގައި އަތޮޅު ކައުންސިލާއި އިމިގްރޭޝަން އަދި ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން މި އަތޮޅުގައި ހިންގާފައި ވަނީ، މިރަށްތަކުގައި ގަވާއިދާ ހިލާފަށް އަތްތެރިކަމުގެ މަސައްކަތުގައި ބިދޭސީން ޝާމިލްވެ އެފަދަ މަސައްކަތް ކުރާ ދިވެހިންގެ ވިޔަފާރި އަށް ގެއްލުންވަމުން ދާތީ އަތޮޅު ކައުންސިލުން ރިޕޯޓު ކުރުމާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި އޮޕަރޭޝަނުގައި ތުޅާދޫން 57 ބިދޭސީން ޗެކު ކޮށް، 24 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި އޭދަފުށިން 54 ބިދޭސީން ޗެކު ކޮށް 26 ބިދޭސީން، ދަރަވަންދޫ އިން 85 ބިދޭސީން ޗެކު ކޮށް 18 ބިދޭސީން އަދި ގޮއިދޫން 37 ބިދޭސީން ޗެކު ކޮށް 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.

މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން ރެކްރޫޓު ކުރާ ތިން ފަރާތެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ ފަރާތްތައް ހޯދާފައި ވަނީ އާންމު ރައްޔިތުން ދިން މައުލޫމާތުން ކަމަށާއި އެއީ ދަރަވަންދޫ، ގޮއިދޫ އަދި ތުޅާދޫން ހޯދި ބައެއް ކަމަށް ބުންޏެވެ.

“އެތަނުން ދަރަވަންދޫ އިން ހޯދި މީހާ ހޯދާފައި ވަނީ އެ ރަށު ރައްޔިތުން ނުކުމެ ވަލުތެރެއިން،” އިމިގްރޭޝަނުން ބުންޏެވެ.

އީޓީ އަށް އެނގިފައިވާ މި އޮޕަރޭޝަން ހިންގަން ފެށުމާއެކު އަތޮޅުގެ ބައެއް ރަށްރަށުން ބައެއް ބިދޭސީން ފިލައިގެން ވަނީ ގޮސްފަ އެވެ.
އިމިގްރޭޝަނުން ވަނީ މި ހަތަރު ރަށުގައި ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގެ މައުލޫމާތު ސެޝަންތައް ހިންގާފަ އެވެ. އަދި ޗެކު ކުރި ބިދޭސީން ހިމެނޭ ގޮތަށް، 233 ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.