ސައްޓު ކާމިޔާބުކޮށްދިން ގޯލުން ދުސިތް ތާނީއަށް މޮޅެއް

ސޮނެވާފުށި ޓީމާއި ދުސިތް ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސޮނެވާފުށި ޓީމާއި ދުސިތް ޓީމް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ދުސިތް ތާނީ މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ މިނިޓްގައެވެ. މި ލަނޑު ސޮނެވާފުށި ޓީމަށް ކާމިޔާބުކޮށްދިނީ އަދާމް ނިޒާމް (ކިތުނާ)އެވެ. ކިތުނާ ލަނޑުޖެހިތާ 20 މިނިޓްފަހުން އަނެއްކާވެސް ސޮނެވާޓީމުގެ އިބްރާހިމް މާޖިދް ވާނީ އެޓީމަށް އިތުރު ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. ދެން ފެނިގެންދިޔައީ ދުސިތް ތާނީ އިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހިތަނެވެ. މި ލަނޑު މެޗުގެ 32 ވަަނަ މިނިޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ސާޖިދްއެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ދުސިތް ޓީމުގެ 2 ވަނަ ލަނޑު ކާމިޔާބުކުރީ އެޓީމަށް ލިބުނު ކޯނަރެއް އޭރިޔާތެރެޔަށް ނަގައިދިނުމުން ސޮނެވާޓީމުގެ ނާޒިމް އަބްދުލް ބާރީގެ ބޮލުގައި ޖެހި ބައިކޮޅަށްވަދެގެންނެެވެ. ފުރަތަމަ ހާފް ނިމިގެން ދިޔާއި 2-2 ގެ ނަތީޖާއަކުން ދެ ޓީމުވެސް އެއްވަރުވެގެންނެވެ.

މެޗްގެ ދެވަނަ ހާފްގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފަހު ލަނޑު އަދި ދުސިތް ޓީމް މޮޅުކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. ސައްޓު މި ލަނޑު ކާމިޔާބުކުރީ ސޮނެވާޓީމުގެ ޑިފެންޑަރު ކައިރިން ނައްޓާފައިގޮސް ވަރަށް ހަމަޖެހިލައިފައި ގޮސް ގޯލްގެ އަރިމަތީ ކަނަށެވެ.

މި މުބާރާތުގައި ދެން ބައްދަލު ކުރާނީ ކިހާދް މޯލްޑިވްސްއާއި ސޮނެވާފުށިޓީމެެވެ. މި މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 4:00 ގައެވެ.

މި މުބާރާތުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.